ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސަން ކްރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އަށް އަމުރުކޮށްފައި ނުވާ ކަމަށް އެ ސަރވިސް އިން މިއަދު ބުނެފި އެވެ.
އެމްސީއެސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ އަމުރެއް އެއްވެސް ކޯޓަކުން އެތަނަށް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ވަކީލުންނަށް ޔާމިނާ އެކަހެރިކޮށް ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދޭން ކްރިމިނަލް ކޯޓުން އެދިފައިވާ ކަމަށާއި މީގެ ކުރިން ވެސް އެކަން އެގޮތަށް ހަމަޖައްސަދީފައިވާ ކަމަށް ބަޔާނުގައި ވެ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް، އޮންނަ އުސޫލުގެ ދަށުން ބައްދަލުކުރެވޭނެ ކަން ޔާމީންގެ ވަކީލުންނަށް ދީފައިވާނެ ކަމަށް ބަޔާނުގައި ވެ އެވެ.
ކްރިމިނަލް ކޯޓުން އެމްސީއެސް އަށް އަމުރުކޮށްފައިވާ ކަމަށާއި އެތަނުން އެ އަމުރާ ހިލާފުވެފައިވާ ކަމަށް ބުނެ މައުލޫމާތު ފަތުރަމުން ދާތީ، އެކަމާ މެދު އެމްސީއެސް އިން ކަންބޮޑުވުން ފާޅުކުރި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ވަނީ ދައުލަތުން އުފުލާފަ އެވެ. އެމައްސަލައިގެ ޝަރީއަތް ފަސްކޮށްފައިވަނީ މީންގެ ވަކީލުންނާ ބައްދަލުވުމުގައި ދަތިތަކެއް ދިމާވެފައިވާތީ އެވެ.
ޔާމީންގެ ވަކީލުންގެ މައްސަލާގައި ކޯޓުން ކޮށްފައިވާ އަމުރެއް ނެތް: ކަރެކްޝަންސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ