ދިވެހިރަައްޔިތެއްގެ ހައިސިއްޔަތުން ޤާނޫނު އަސާސީ އިން ލިބިދޭ އެއްވެސް ޙައްޤެއް ދޫކޮށް ނުލާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް މައުމޫން ޤާނޫނު އަސާސީ އިން ލިބިދޭ އެއްވެސް ޙައްޤެއް ދޫކޮށެއް ނުލާނަން ކަމަށް ވިދާޅުވީ ކޮން ކަމަކަށް އިޝާރާތް ކުރައްވާ ކަމެއް ނޭނގެއެވެ. އެމަނިކުފާނުގެ ޓްވީޓްގައި އޭގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ރައީސް މައުމޫން ރޭ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ "އިރާދަކުރެއްވިއްޔާ އަޅުގަނޑު އަބަދުވެސް ހުންނާނީ ރައްޔިތުންގެ ޚިދުމަތުގައި" ކަމަށެވެ.
ޕީޕީއެމް ދެބައިގެ އުފެދުނު ކޯޅުންގަނޑުގައި ރައީސް މައުމޫން ޕީޕީއެމް އިން ވަކިކުރުމާއި އެކު ރައީސް މައުމޫން އާއި އެމަނިކުފާގެ ފެކްޝަންގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ބަހުގެ ހަމަލާތައް ފަހަކަށް އައިސް ވަނީ ޕީޕީއެމް އަށް އަމާޒުވުން އިތުރުވެފައެވެ.
ފާއިތުވި ހަފްތާގައި ސިވިލް ކޯޓުން ކުރި އަމުރެއްގެ ދަށުން ރައީސް މައުމޫން ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ހިންގަވަމުން ގެންދެވި އޮފީހުން ނަންބޯޑު ނަގާ އެތަނުގައި ހުރި ޕީޕީއެމްގެ ދިދަ ވެސް ވަނީ ތިރިކޮށްފައެވެ.
ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން އިސްވެ ހުންނަވާ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށް ފާސްކުރަން މަސައްކަތް ފެށުމާއި ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަނލަބޮލިވެފައެވެ.
ޤާނޫނު އަސާސީ އިން ލިބިދޭ އެއްވެސް ޙައްޤެއް ދޫކޮށެއް ނުލާނަން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ