ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސަކަށް ޑރ. އަބްދުﷲ ވަހީދު އަދި ނާއިބު ރައީސަކަށް ޑރ. ހާލާ ހަމީދު، ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޝަހިންދާ އިސްމާއީލް މި މަހުގެ 7 ގައި އިސްތިއުފާ ދެއްވުމުންނެވެ.
ޑރ. ވަހީދު މިހާތަނަށް ހުންނެވީ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގަ އެވެ. ހާލާ ހަމީދު ހުންނެވީ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގަ އެވެ.
ޝަހިންދާ އިސްތިއުފާ ދެއްވުމުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ މަހު ރައީސް އޮފީހުން ހުޅުވާލި އެވެ. އެކަމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވި ނަމަވެސް ހުށަހެޅި ނަންތަކެއް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ޕޮލިސް އިންޓެގްރިޓީގެ ރައީސަކަށް ޑރ. އަބްދުﷲ ވަހީދު، ނާއިބަކަށް ހާލާ ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ