ޝަހީދު އަލީ ގޯޅި އަށް ވެހިކަލް ވަނުން މަނާކޮށް، ހިނގާފައި އުޅޭ ގޮތަށް މިރޭ ހަމަޖައްސައިފި އެވެ. ހިނގާފައި
އުޅޭ ގޯޅިއަކަށް އެތަން ބަދަލުކޮށް ހުޅުއްވައިދެއްވީ އެންވަޔަރްމަންޓް
މިނިސްޓަރު ތޯރިގް އިބްރާހިމެވެ. މިނިސްޓަރު ވިދާޅުވީ މާލެ އަކީ ހަލަބޮލި
ސިޓީއަކަށް ވުމުން އިޖުތިމާއީ ގުޅުން ރަނގަޅުކޮށްގެން ނޫނީ އެހެން
ކަންތައްތައް ރަނގަޅު ނުކުރެވޭނެ ކަމަށެވެ. މި ރަސްމިއްޔާތުގައި
ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ
ޝަހީދު އަލީ ގޯޅި ހިނގާފައި އުޅޭ ސަރަހައްދަކަށް ބަދަލުކުރީ، އެ ހިސާބުގައި އުޅޭ މީހުންގެ އެދުމުގެމަތިން ކަމަށެވެ. ޝަހީދު އަލީ ގޯޅި ހިނގާފައި އުޅޭ ގޯޅިއަކަށް ބަދަލުކޮށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގާއި ހައުސިން މިނިސްޓަރު ޑރ. މުއިއްޒު އެތަން ހުޅުވައިދެއްވަނީ.--ހަވީރު ފޮޓޯ:ހުސެއިން ޝަޔާހު ސަރުކާުރުގެ އެކި އިދާރާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތަށް ފަހު "ހަވީރާ" ވާހަކަދެއްކި، އެ
ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނިގޮތުގައި، އެއީ ބޮލަށް ލިބުނު
ވަރަށް ބޮޑު ފަސޭހަ އެކެވެ. ސަބަބައެއް ކަމަށް ގިނަ ބަޔަކު ބުނަނީ
ކުޑަކުދިން ބޭރަށް ނިކުމެ އުޅޭއިރު ދުއްވާ އެއްޗެއްގައި ޖެހި އަނިޔާއެއް
ލިބިދާނެ ކަމުގެ ބިރު އޮންނާތީ އެވެ.ޝަހީދު އަލީ ގޯޅި ހިނގާފައި އުޅޭ ގޯޅިއަކަށް ބަދަލުކުރަން މިރޭ ބޭއްވި ރަސްމިިއްޔާތުގައި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް ވާހަކަދައްކަވަނީ--ހަވީރު ފޮޓޯ:ހުސެއިން ޝަޔާހު "މިހާރު ވަރަށް
ހިތްހަމަޖެހޭ. އެއީ އަޅުގަނޑުގެ ދަރިފުޅު ގޮވައިގެން މިދިޔަ އާދިއްތަ
ދުވަހު ބޭރަށް ނިކުތްތަނާ ދެ ފަރާތުން ސައިކަލެއް އައިސް ދަރިފުޅުގެ
ފައިގައި ޖެހުނީ. ދެން ފަޔަށް އަނިޔާ ލިބުނު. މިހާރު މިތަން ހިނގާފައި އުޅޭ
ސަރަހައްދަކަށް ބަދަލުކުރީމަ ވަރަށް ބޮޑަށް ފަސޭހަ ވާނެ،" ވެހިކަލް ވަނުން މަނާކުރި ގޯޅީގައި ހުންނަ ގެއެއްގައި އުޅެ ބޮޑުވި އައިޝަތު ޝަބީނާ ބުންޏެވެ.އެ ސަރަހައްދުގައި ދިރިއުޅޭ އެހެން މީހަކު ބުނީ ދެން "އެ ގޯޅީގައި ޕާޓީތައް ބާއްވަން" ވެސް ރަނގަޅުވާނެ ކަމަށެވެ. "ގޭގައި
ނެތް ތަނެއް. ދެން މިތާ [ބަންދުކުރީމަ] ޕާޓީތައް ވެސް ބޭއްވޭނެ. ދެން
ވަރަށް އުފާވޭ މި ތަން ބަންދުކޮށްލާފައި އޮތީމަ،" ދެ ކުދިންގެ މަންމައަކު
ބުންޏެވެ.ޝަހީދު އަލީ ގޯޅި ހިމެނޭ ސަރަހައްދުގެ ޗާޓުއުމުރުން ދުވަސްވީ އަންހެނަކު ބުނީ ކުރިން ހިތްހަމަޖައްސާލަން ބޭރަށް ނިކުންނަން ބިރުގަންނަ ކަމަށެވެ. ނަމަވެސް ދެން ފިނިކޮށްލަން ގޭ ކައިރީގައި އެއްވެސް ބިރެއް
ނެތި އިށީނދެލައިގެން އިނދެވޭނެ ކަމަށް ބުންޏެވެ."ދެން ވަރަށް އުފާވާނެއެއްނު ދޯ،" ގޯޅިތެރޭގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި ހަމަޖެހިލައިގެން އިނދެ "ހަވީރާ ވާހަކަދައްކަމުން ބުންޏެވެ.މީގެ
ކުރިން ވެސް ހައުސިން މިނިސްޓްރީން ވަނީ ހިނގާފައި އުޅޭ ގޮތަށް ދެ
ގޯޅިއެއް ކަނޑައަޅައިފަ އެވެ. އެއީ ގުލްއަލާ ގޯޅިއާ އެނބޫ ގޯޅި އެވެ.
ޝަހީދު އަލީ ގޯޅި ވެހިކަލްތަކަށް ބަންދުކޮށްފި، އާންމުން އުފަލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ