ޑީއާރުޕީގެ ޒައީމްކަމުގެ މަގާމް ފަދަ ޝަރަފްވެރި މަގާމެއް ހައްގެއް ނޫން: މައުމޫން
10:00ޑީއާރުޕީގެ ޒައީމްކަމުގެ މަގާމަކީ އެ މަނިކުފާނަށް ހައްގު މަގާމެއް ނޫން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.ނިމިގެންދިޔަ ޑީއާރުޕީގެ ތިންވަނަ ގައުމީ ޖަލްސާ ބެހޭ ގޮތުން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނާ އިސްލާހުގައި، ޕާޓީގެ ދާއިމީ ޒައީމްގެ ލަގަބު އެ މަނިކުފާނަށް ދިނުމަކީ، އެ މަނިކުފާނުގެ ލަޔާގަތާއި ގާބިލިއްޔަތުކަމަށް ބަލައި މިވީ މަދު ދުވަސްކޮޅުގައި ޑީއާރުޕީއަށް ކޮށްދެއްވި ހިދުމަތަށް ބަލައި އެ ފަދަ ޝަރަފުވެރި މަގާމަކީ އެ މަނިކުފާނަށް ހައްގު މާގާމެއް ނޫން ކަމަށެވެ. އަދި ގައުމީ ޖަލްސާގައި ބައިވެރިވި މަންދޫބުން ޕާޓީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތައް ގެނެސް، އެ ނިންމުންތައް ނިންމުމުގައި ޝައުގުވެރިކަމާ އެކީ ގިނަ ވަގުތު ހޭދަކޮށްފައިވާތީ އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ގައުމީ ޖަލްސާގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވި ހުރިހައި ކޮމެޓީތަކަށް އައްސަރިބަހާއި ސާބަސް ރައްދުކުރެއްވި އެވެ.ރައީސް މައުމޫން އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރިމަށްޓަކާ ޕާޓީގެ އިސް މަގާމުތަކަށް އިންތިހާބުވެފައިވާ ބޭފުޅުންނަށް އެ މަނިކުފާނު ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި އަދި އެ މަނިކުފާނުގެ ތަޖުރިބާ ހިއްސާކުރައްވަމުން ޑީއާރުޕީއާ އެކީ ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.އެ ބައްދަލުވުގައި ޑީއާރުޕީގެ އާ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ މިހާރު އެ ޕާޓީގެ މަގާމުތަކަށް އިންތިހާބުވެފައިވާ ބޭފުޅުންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި އެ ބޭފުޅުން އެ ޒިންމާ އަދާކުރައްވާ ގޮތުން ޑީއާރުޕީ ސިޔާސީ ހަޔާތް ބައްޓަންވެގެން ދާނެ ކަމަށެވެ. އަދި މިހާރު އެ މަނިކުފާނު ހޮވިވަޑައިގެންފައިވާ މަގާމުގެ ހައިސިއްޔަތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ