މަރުވެފައިވާކަމަށް ސްޕްރީމް ކޯޓުން ނިންމި މީހަކު ދިރިހުރިކަމަށް މެޖިސްޓްރޭޓް ކޯޓުން ނިންމައިފި

ސްޕްރީމް ކޯޓުން ސެޕްޓެމްބަރު ހަތެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބާތިލްކުރަން ހުކުމުގައި މަރުވެފައިވާ ކަމަށް ނިންމާފައިވާ މީހަކު ދިރިހުރި ކަމަށް އައްޑު އަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމައިފިއެވެ.
ސ. މަރަދޫ، މުސްކުރާނާގޭ، މުހައްމަދު އަހުމަދު ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން އާއްމުކުރި އެންގުމެއްގައި ބުނެފައި ވަނީ މުހައްމަދު އަހުމަދު ހުކުމް އިއްވުމާ ހަމައަށް، (އިއްޔެ އާއި ހަމައަށް) ދިރިހުރިކަން ސާބިތުވެފައިވާ ކަމަށެވެ.
އޭނާ އަކީ މަރުވެފައިވާ މީހުންގެ ނަމުގައި ވޯޓު ލީ ކަމަށް ބުނެ ސުޕްރީމް ކޯޓުން ފާހަގަކުރި ބައެއް މީހުން ދުނިޔޭގައި ތިބި ކަމަށް ޔަގީންވެފައިވާ ކަމަށް ބުނެ މިސާލެއްގެ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ޓީވީއެމްގެ ޕްރޮގްރާމެއްގައި އިއުލާންކުރި ތިން މީހުންގެ ތެރެއިން މީހެކެވެ.
އޭނާގެ އިތުރުން ނަން އާއްމުކުރި ދެ މީހެއްގެ ތެރެއިން އެކަކު ދުނިޔޭގައި އެބަހުރި ކަމަށް ބުނެ އޭނާގެ އަނބިމީހާ ވަނީ އެކަން ސްޕްރީމް ކޯޓްގެ ސަމާލުކަމަށް ގެނެސް ޙުކުމުގެ ސަބަބުން އޭނާ ޤާނޫނީ ގޮތުން ހުވަފަތްވެފައިކަމަށް ބުނެ ހުވަފަތް ނުވާކަމަށް ކަނޑައަޅައިދޭން އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ