ފަތުރުވެރިކަމުގެ 2012 ގެ ޝަޚުސިއްޔަތަކަށް ގާސިމް ހޮވައިފި

ވިލާ ގްރޫޕްގެ ޗެއަރމަން އޮނަރަބްލް ޤާސިމް އިބްރާހީމަށް ފަތުރުވެރިކަމުގެ 2012 ވަނަ އަހަރުގެ ޝަޚްޞިއްޔަތުގެ ޝަރަފް ލިބިވަޑައިގެންފިއެވެ.
އޮނަރަބްލް ޤާސިމްއަށް މި ޝަރަފް އެރުވުނީ ރޭ ވިލާ ގްރޫޕްގެ ރިސޯޓެއް ކަމުގައިވާ ޕެރަޑައިސް އައިލެންޑްގައި ބޭއްވުނު މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައެވެ.
ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް އަމާޒު ކުރެވިގެން ބޭއްވުނު ފަތުރުވެރިކަމުގެ ޞިނާޢަތުގައި ފާހަގަކުރެވޭ ފަރާތްތަކަށްދޭ އިނާމު ޤާސިމްއަށް ލިބިވަޑައިގަތް އިރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
އެހެން ކަމުން އެމަނިކުފާނަށް އެރުވުނު މި އިނާމާއި ހަވާލުވެ ވަޑައިގަތީ ޤާސިމްގެ ދަރިކަނބަލުން ސަނާ ޤާސިމްއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެންޑް ޓުއަރ އޮޕަރޭޓަރސް ނުވަތަ މަޓާޓޯއިން އިންތިޒާމުކޮށްގެން ބޭއްވި މި އެވޯޑުގައި ފަތުރުވެރިކަމުގެ ޝަރަފްވެރި އިނާމު މިއަހަރު ޤާސިމަށް ލިބިވަޑައިގަތީ އެމަނިކުފާނު ފަތުރުވެރިކަމުގެ ދާއިރާގައި ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަ ކޮށ އެ ޞިނާޢަތުގައި އެމަނިކުފާނު ފުޅާދާއިރާއެއްގައި ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއަށް އެމަނިކުފާނު ގެނެސްދެއްވި އެދާއިރާއާއި ގުޅުންހުރި ކަންކަމާއި ތަޢުލީމާއި ދަތުރުފަތުރާއި ވިޔަފާރި އަދި ހިލޭ އެހީ ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ