މިހާރު ކުރިޔަށްދާ 32 ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ 3 ވަނަ ޑިވިޝަންގައި މިއަދު ހަވީރު ކުޅުން މެޗް ކްލަބް ސްޓެޓިކް ކާމިޔާބުކޮށްފިއެވެ.
ސްޓެޓިކް މިމެޗް ކާމިޔާބުކުރީ ޔުނައިޓެޑް ވިކްޓްރީއާއި ބައްދަލުކޮށް ތިރީސް ހަތަރު ޕޮއިންޓް ބާވީސް ޕޮއިންޓުންނެވެ. މިމެޗުން އެންމެ ގިނަ ޕޮއިންޓް ހޯދައި މޭން އޮފް ދަ މެޗްގެ މަގާމް ހޯދީ ކްލަބް ސްޓެޓިކްގެ ޖާޒީ ނަންބަރު 12 އަހްމަދު އަޒްމީލްއެވެ. އަޒްމީލް ވަނީ މިމެޗުގައި 15 ޕޮއިންޓް ކާމިޔާބު ކޮށްފައެވެ.
މުބާރާތުގައި އިއްޔެ ކުޅުން މެޗްތަކަށް ބަލާއިރު ކްލަބް އެޗްޑީސީވަނީ ވިޔަންސާ އަތުން ބަލިވެފައެވެ.
ވިޔަންސާ މިމެޗުން މޮޅުވިނަމަވެސް އެޓީމް ވަނީ މުބާރާތާއި އަލްވަދާއު ކިޔާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވިޔަންސާއަށް 20 ޕޮއިންޓް ހޯދައިދިން ޖާޒީ ނަންބަރު 14 ސޮއްފަތް ބަދީއުއެވެ.
މީގެއިތުރުން ރޭ ކުޅުނު މެޗްގައި ދަ ބައުސްވަނީ އެލްކިއު ސްޕޯޓްސް އާއި ވާދަކޮށް 50 ޕޮއިންޓް 31 ޕޮއިންޓުން މޮޅުވެފައެވެ. އެލްކިއު މިމެޗުން ބަލިވި ނަމަވެސް އެޓީމްވަނީ ސެމީގެ ޖާގަ ބޮޑުކޮށްފައެވެ.
ކުޅިވަރު އެކުވެނީގެ ބޭރުކޯޓުގައި ކުޅޭ މިމެޗުގައި މުބާރާތުގެ އެންމެފަހު މެޗްގައި ޓީރެކްސް ސްޕޯޓްސް އެކަޑަމީ އަދި ޑީ ބާސްކެޓްބޯޅަ ކްލަބެވެ.
ބާސްކެޓް: މިއަދު ހަވީރު ކުޅުނު މެޗް ކްލަބް ސްޓެޓިކްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ