ސްޓެލްކޯގެ ކަރަންޓް ބިލް ސީދާ ކަސްޓަމަރުންގެ ފޯނަށް
ސްޓެލްކޯގެ ކަސްޓަމަރުންގެ ތެރެއިން މޯބައިލް ނަންބަރު ހިއްސާކޮށްފައިވާ ކަސްޓަމަރުންގެ ފޯނަށް ކަރަންޓު ބިލު ފޮނުވަން ނިންމައިފި އެވެ. ސްޓެލްކޯ އިން ބުނީ ކޮރޯނާވައިރަހާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ދަށުން، އެކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން މޯބައިލް ނަންބަރު ހިއްސާކޮށްފައިވާ ކަސްޓަމަރުންނަށް ޕްރިންޓު ކޮށްފައިވާ ބިލު ނުފޮނުވާނެ ކަމަށެވެ. https://twitter.com/STELCOMALDIVES/status/1241983281140092929 ބަދަލުގައި ކަސްޓަމަރުންގެ ފޯނަށް ތަފްސީލީ ބިލެއް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ. މީގެ އިތުރުން ނަންބަރު ހިއްސާކޮށްފައިނުވާ ކަސްޓަމަރުންނަށް ބިލު ފޮނުވި ނަމަވެސް، ބިލު ރައްދުކުރާނީ ގްރައުންޑް ފްލޯ އާއި ހަމައަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެކުންފުނިން ބުނީ ހުރިހާ ކަސްޓަމަރުންވެސް ސްޓެލްކޯގެ މޮބައިލް އެޕްލިކޭޝަންގައި ރެޖިސްޓްރީވުމަށް އެދޭކަމަށާއި ބިލު ދެއްކުމާއި ބިލުގެ ތަފްސީލު އެޕްލިކޭޝަނުން ބަލާލެވޭނެ ކަމަށެވެ. މީގެ ކުރިންވެސް ސްޓެލްކޯ އިން ވަނީ ކޮރޯނާ އާއި ގުޅިގެން އެ ކުންފުނީގެ ކަސްޓަމަރުން ބިލު ދެއްކުމަށް އެޕްލިކޭޝަން އަދި އެ ކުންފުނީގެ ވެބްސައިޓް ބޭނުންކުރަން އެދިފަ އެވެ. https://sun.mv/132747
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ