ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

ރައީސް އަބްދުﷲ ޔާމީން، ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދިޔަ ވަގުތު ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް، ދަރުބާރުގޭގެ ތެރޭގައި އިހުތިޖާޖްކޮށްފި އެވެ.
ނޮޅިވަރަމް ދާއިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފް އިހްތިޖާޖު ކުރެއްވީ ގިނިކަންޏާއެވެ. އެގޮތުން ހުސެއިން އަރީފް ވަނީ މިނިވަން މީޑިއާއަކަށް ގޮވަލާއި، އަދި ކޮރަޕްޝަން ހުއްޓާލުމަށް ގޮވާލާ ބޯޑެއް ހިއްޕަވައިގެން، ކަނު ބަނދެ، އަނގަމަތީ ޓޭޕް އަޅުއްވައިގެން އިންނަވައި ސުލްހަވެރިކަމާއެކު އިހުތިޖާޖްކުރައްވައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި، އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ހެދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެމްޑީޕީން ބޮއިކަޓްކުރި އެވެ.
 
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ހުސެއިން އަރީފް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ވެންނެވި ވަގުތުގައި، ސުލްހަވެރިކަމާއެކު ގޮނޑީގައި އިންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، މެމްބަރު އިބްރާހިމް ފަލާހާއި، ދެ ބޭފުޅުން އޭނާގެ އަތުގައި އޮތް ބޯޑާއި، އަންގަ މަތީގައި އަޅާފައިއޮތް ޓޭޕް ގަނޑާއި ކަނު ބަނުމަށް ބޭނުންކުރި ފޮތި ގަނޑު ޖަހާގެންފައިވާ ކަމަށެވެ. އަދި އެތަކެތި އަތުލީ ގަދަކަމުން ކަމަށް ހުސެއިން އަރީފް ވިދާޅުވި އެވެ.
 
އޭނާ ވިދާޅުވީ، މަޖިލީހުގެ ޖަލްސާގައި އިންނެވި ސުލްހަވެރިކަމާއެކު އިހުތިޖާޖްކުރުމުގެ ގޮތުން ކަމަށެވެ. އަދި ޖަނަވާރު އަރައިގަންނަ ފަދަ ގޮތަކަށް އޭނާގެ ގަޔަށް ބޮލަށް އަރައިގަތުމަކީ ވަރަށް ފިނޑި އަމަލެއް ކަމަށް ހުސެއިން އަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އޭނާއަށްވެސް އިހުތިރާމް ކުރައްވަންޖެހޭނެ ކަމަށެވެ. އަދި ދަރުބާރުގޭގައި ބޭއްވި ޖަލްސާއަކީ، ރައީސް އަބްދުﷲ ޔާމީނަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރަން ނުކެރެއްވުމުގެ ސަބަބުން ރިޔާސީ ބަޔާނުގެ ނަމުގައި ބޭއްވި ޕީއޭގެ ޖަލްސާއެއް ކަމަށެވެ.
އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ހުސެއިން އަރީފްއަކީ، ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް އަރީފް ގެންދަވަނީ ރައީސް ޔާމީނަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ