މިސަރުކާރުން އައްޑޫ ރައްޔިތުންނަށްޓަކައި ހިންގަމުން ގެންދާ މަޝްރޫއުތަކަށްޓަކައި ރައްޔިތުން ޝުކުރުވެރިވާކަމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑް) މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ 5 ރަށުގައި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ޝީ ބިލްޑިންގގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ހުޅުދޫ އަދި މީދޫ އަށް ސާފު ބޯފެން ދިނުމުގެ ނިޒާމުގެ މަސައްކަތް ނިންމައި މިހާރު ހުރިހާ ގެތަކަށް ފެންލިބެމުން އަންނަ ކަމަށެވެ.
"މިހާރު ދޫކޮށްފައިވަނީ ޓެސްޓްކުރުމަށް. އެހެންވެ އަދި ފެން ލިބެނީވެސް މުޅިން ހިލޭ. މަޝްރުއު ނިންމުމުގެ ރަސްމިއްޔާތު ވެސް ވަރަށް އަވަހަށް ބާއްވަން މިދަނީ ތައްޔާރުވަމުން."
ޝާހިދު ވިދާޅުވީ އިތުރު އެތައް މަޝްރޫއުތަކެއް މިހާރުވެސް ދަނީ ހިނގަމުން ކަމަށެވެ. އަދި ރައްޔިތުންނަށް އެތައް ގިނަ ފައިދާތަކެއް ދަނީ ލިބެމުން ކަމަށެވެ.
މިއަދުގެރަސްމިއްޔާތުގައި ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ބޭނުންތައް ނުލިބިގެން އެކަންކަމުގެ އިންތިޒާރުގައި ތިބެންޖެހުމަކީ މިއަދު ކުރިމަތިވެފައިވާ މައްސަލައެއް ނޫން ކަމަށެވެ. އެތައް ޒަމާންތަކެއް ކުރިންސުރެ އައްޑޫ ރައްޔިތުންނަށް ތިބެންޖެހިފައިވަނީ އަސާސީ ހައްޤުތައް ލިބުމުގެ އިންތިޒާރުގައި ކަމަށެވެ.
އިބްރާހީމް ދީދީ ވިދާޅުވީފާއިތުވި 2016 ވަނަ އަހަރަށް ބެލި ނަމަވެސް ފޭދޫގެ ބިން ބޮޑުކުރުމަށްޓަކައި ބިން ހިންކަން އެކަނިވެސް ސަރުކާރުން 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި ކަމަށެވެ. އަދި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު ފަށައިގެން މިހާރުވެސް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް މިއަދު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުތަކަށް ބަލައިފިނަމަ އެންމެ ގިނަ އަދަދެއްގެ އަދި އެންމެ ބޮޑެތި މަޝްރުއުތައް ހިނގަމުންދަނީ އައްޑޫ ސިޓީގައި ކަމަށެވެ. އަދި މިސަރުކާރަކީ އައްޑޫ ސިޓީ ތަރައްޤީކުރުމަށް އިސްކަންދޭ ސަރުކާރެއް ކަމަށެވެ.
މިސަރުކާރުން އައްޑޫ ރައްޔިތުންނަށްޓަކައި ހިންގަމުން ގެންދާ މަޝްރޫއުތަކަށްޓަކައި ރައްޔިތުން ޝުކުރުވެރިވޭ: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ