އދ. ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓުނު ކުޑަކުއްޖަކު ނިޔާވި މައްސަލަ އިތުރަށް ބަލަމުންދާކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ އދ. ހަންޏާމީދޫ ބަނދަރު ސަރަހައްދުގައި އޮތް ބަގީއެއް ދުއްވި 14 އަހަރުގެ ކުއްޖަކު ބަގީއާއެކު މޫދަށް ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ، ޖޫން 26 ވަނަ ދުވަހުގެ ހަވީރު 5:10ހާއިރުކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ތަޅުދަނޑި ޖަހާފައި އޮތް ބަގީއަކަށް އެ ކުއްޖާ އަރައި، އެ ދުއްވުމުގެ ސަބަބުން ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ ވަގުތު އެ ސަރަޙައްދުގައި ތިބި އާންމުން، ބަގީ ހިފަހައްޓައި ކުއްޖާ މޫދަށް ވެއްޓުނަ ނުދިނުމަށް މަސައްކަތްކޮށްފައިވާކަން ފުލުހުން ފާހަގަކުރައްވައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ހާދިސާ ހިނގުމާއެކު، އެ ސަރަޙައްދުގައި ތިބި އާންމުން އެ ކުއްޖާ މޫދުން ނަގައި، ވަގުތުން ހަންޏާމީދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް އެ ކުއްޖާ ނިޔާވެފައިވާކަމަށް ޞިއްޙީ މަރުކަޒާއި ހަވާލާދީ ފުލުހުން ހާމަކުރައްވައެވެ. އެ ކުއްޖާގެ ޖަނާޒާ ރޭ 12 ޖެހިއިރު ވަނީ ބާއްވާފައެވެ.
ބަގީއަކާއެކު މޫދަށް ވެއްޓި ކުއްޖަކު ނިޔާވި މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ