މުއިއްޒު ޖޭއެސްސީ އަށް ހަމަޖައްސަވައިފި

ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަމަޖައްސަވައިފިއެވެ.
ޖޭއެސްސީ އަށް މުއިއްޒު ހަމަޖެއްސެވީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.
މުއިއްޒު ޖޭއެސްސީ އަށް ހަމަޖެއްސެވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޖޭއެސްސީ ކިތަންމެ ތަނަކުން ހަރުދަނާ ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ ކޮމިޝަންގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ގެންދިއުމަށް މުއިއްޒުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
މުއިއްޒު ބަންޑާރަ ނާއިބަކަށް ހަމަޖެއްސެވީ އެ މަގާމުގައި ހުންނެވި އަހުމަދު އަލީ ސަވާދަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ކަމަށް ފާސްކުރުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ