އަބްދުﷲ ޖަމީލު
އިޖުތިމާއީ ތަރައްގީގެ ހަރަކާތްތައް އަތޮޅުތަކުގައި ކުރިއަށްދާ ގޮތާއި އަދި އިޖުތިމާއީ ހަރަކާތްތެރިކަމުގެ ރޫހު އިތުރަށް އާލާކުރުމާ ބެހޭ ގޮތުން މިއަދު މަސައްކަތު ބައްދަލުވުމެއް ފައްޓަވައިފި އެވެ.
އެޓޯލްސް މިނިސްޓްރީން އިންތިޒާމް ކުރައްވައިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަވާ ބައްދަލުވުން ހުޅުވައިދެއްވީ އެޓޯލްސް މިނިސްޓަރުގެ ނައިބު ފާތުމަތު ޝީރީނެވެ.
އެ މިިނިސްޓްރީން ވިދާޅުވީ މި މަސައްކަތު ބައްދަލުވުމަކީ 2002 ވަނަ އަހަރު ޔޫއެންޑީޕީގެ އެހީގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި ތަމްރީނު ކޮށްފައިވާ ސޯޝަލް މޯބިލައިޒަރުންނަށާއި އަތޮޅުތަކުގައި ތަރައްގީ އަށް މަސައްކަތްކުރާ މީހުންނަށް އަމާޒުކުރައްވައިގެން ބާއްވަވާ ބައްދަލުވުމެއް ކަމަށެވެ.
އެޓޯލްސް މިނިސްޓްރީން ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖޭގެ އަތޮޅުތަކުގައި ސޯޝަލް މޯބިލައިޒޭޝަން މިހާރު އޮތް ހާލަތު މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ހުށަހަޅާނެ ކަމަށެވެ. ސޯޝަލް މޯބިލައިޒޭޝަންގެ ނަމުގައި ނަސަންދުރަ ޕެލަސް ހޮޓަލުގައި ކުރިއަށްގެންދަވާ ބައްދަލުވުމުގައި އަތޮޅުތަކުގައި ތަމްރީނު ކޮށްފައި ތިބި ސޯޝަލް މޮބިލައިޒަރުންނާއި ބައެއް އަތޮޅުތަކުގެ ތަރައްގީގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އުތުރާއި ދެކުނުގެ ތަރައްގީގެ މަސައްކަތް ބަލަހައްޓާ އޮފީހުން 30 މުވައްޒަފުން ބައިވެރިވި އެވެ.
އިޖުތިމާއީ ތަރައްގީ ގެ ހަރަކާތްތައް ކުރިއަށް ދާ ގޮތާ ބެހޭ މަޝްވަރާ ބައްދަލުވުމެއް ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ