ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ސިއްރު ކުރުމުން އިދިކޮޅު އެމްޑީޕީއިން ކޮމިޓީ ބޮއިކޮޓްކޮށްފި ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ސިއްރު ކުރުމުން އިދިކޮޅު އެމްޑީޕީއިން ކޮމިޓީ ބޮއިކޮޓްކޮށްފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައި ފޮނުވާފައި އޮތް ރިޕޯޓު ދިރާސާ ކުރުމުގެ ކޮމިޓީ މަގުބޫލު އުޒުރެއް ނުދައްކައި ސިއްރު ކޮށްފި އެވެ.
އެ މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެވެ. އެ ކޮމިޓީ ސިއްރު ކުރަން ފާސްކުރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ހުރިހާ މެންބަރުންގެ ތާއީދާއެކު އެވެ.
އެ ކޮމިޓީ ސިއްރު ކުރުމާ ދެކޮޅު ހެއްދެވީ ޖުޑީޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން، އިބްރާހިމް ނާޒިލް އާއި މައުރޫފް ޒާކިރު އެވެ. އެ ކޮމިޓީ ސިއްރު ކުރަން ނިންމުމާއެކު އެ ދެ މެންބަރުން ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފަ އެވެ.
އިތުރު ތަފުސީލު އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ