މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހެނޭ ކަމަށް ލަފާކުރެވޭތީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށާއި އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރު ފަހު 15:00 އާއި ހަމައަށެވެ.
ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރުފޯރި ނަމަވެސް މޫސުން ޢާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
އެއިދާރާ އިން ވިދާޅުވީ އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 35 މޭލަށް ވައިގަދަވެދާނެ ކަަމަށެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ