އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނިކުންނަމުންދާ ގޮތުން ވަރަށް ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކަމަށް ބެލެވިފައި ވާއިރު އެމެރިކާގެ ވަރަށް ގިނަ ރައްޔިތުންނަށް ވަނީ އެކަމުގެ ސަބަބުން މާޔޫސްކަން ލިބިފައެވެ.
ގޫގްލް ބޭނުންކުރާ މީހުން އެންމެ ގިނައިން ހޯދާ މައުލޫމާތުތައް ދައްކުވައިދޭ "ގޫގޫލް ޓްރެންޑްސް" އިން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ ބަޔަކު މިހާރު ދަނީ ދުނިޔެ ނިމޭނީ ކޮން ދުވަހަކުންތޯ ބަލަން ގޫގްލް ކުރަމުންނެވެ.
މީގެ އިތުރުން އެމެރިކާ ރައްޔިތުން ދަނީ ހިޖުރަކުރާނެ ގައުމެއް ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންނެވެ. "ގޫގްލް ޓްރެންޑްސް" ދައްކާ ގޮތުން ވަރަށް ގިނަ މީހުން މިހާރު ދަނީ އެމީހުން ހިޖުރަކުރަން އެންމެ ރަނގަޅު ގައުމަކީ ކޮބައިތޯ ބަލަމުންނެވެ.
މިއަދު އެމެރިކާގެ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ކެނެޑާގެ އިމިގްރޭޝަން ވެބްސައިޓަށް ވަނުމާއި އެކު އެވެބްސައިޓް ވެސް ވަނީ ޑައުންވެފައެވެ.
ދުނިޔެ ނިމޭނީ ކޮން ދުވަހަކުންތޯ އެމެރިކާ ރައްޔިތުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ