ދިއްދޫގެ ރައްޔިތުން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމަށް ހޫނު މަރްހަބާއެއް ކިޔައިފި

ތައުލީމީ ވުޒާރާގެ ފަރާތުން ހއ ދިއްދޫއަށް ވަޑައިގެންނެވި ވަފްދަށް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރްހަބާއެއް ކިޔައިފިއެވެ. ތިން ދުވަހުގެ މުއްދަތައް ހއ އަތޮޅަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމުން ކުރައްވާ ދަތުރުގެ ތެރެއިން ހއ ދިއްދޫއަށް ވަނީ ވަޑައިގަންނަވާފައެވެ. ހއ ދިއްދޫގައި ހުންނަ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ހާލަތު ބެއްލެވުމަށް ކުރެއްވި މި ދަތުރުގައި ހއ އަތޮޅު ތައުލީމީ މަރުކަޒަށް އެ ވަފްދުން ވަޑައިގެންނެވުމުން ސްކޫލް ދަރިވަރުންވެސް ވަނީ ވަރަށް ހޫނު މަރްހަބާއެއް ކިޔާފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޓީމުން ހއ އަތޮޅު މަރުކަޒަށް ވަޑައިގެން އެ ސްކޫލްގެ މުދައްރިސުންނާއި ޕީޓީއޭގެ މެމްބަރުންގެ އިތުރުން ސްކޫލްގެ އިސްވެރިންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުންތަކުގައި ސްކޫލް އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭނެ ކަންކަން އެ ސްކޫލް މުދައްރިސުން ވަނީ ހުށައަޅާފައެވެ. ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުން ވަނީ އެ ސްކޫލްގައި އައު މަލްޓި ޕޯޕަސް ހޯލްއެއް މި ސަރުކާރުން ގާއިމްކޮށްދެއްވާފައިވާތީ އެކަން ފާހަގަކުރައްވާފައެވެ.
ގާތްގަޑަކަށް 700 އެއްހާ ދަރިވަރުން ކިޔަވަމުން ދާ މި ސްކޫލްގައި މަލްޓި ޕޯޕަސް ހޯލް އެއް ގާއިމްކޮށް ބޭނުން ކުރަން ފަށާފައިވަނީ މި އަހަރުގެ ތެރޭގައެވެ. މީގެއިތުރުން އެ ސްކޫލްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުނގަނައިދިނުމުގެ ކަންކަން ކުރިޔަށް ދެއެވެ. އެގޮތުން ކޮންމެ ކްލާސް ރޫމެއްގައި ޓީވީއެއް ހަރުކޮށް، އެ ޓީވީތައް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ޓީޗަރުން ނަގައިދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝާކިރު ފާހަގަކުރެއްވި ގޮތުގައި، މިސަރުކާރުގެ ތެރޭގައި މި ސްކޫލް ވަރަށް ބޮޑައް ތަރައްޤީ ވެފައިވާ ކަމަށެޗެ. މީގެއިތުރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތެރެއިން ދިއްދޫ ސްކޫލަށް އިތުރު ތަރައްޤީގެ ޕްރޮޖެކްޓްތައް އަންނާނެކަން ޝާކިރު ފާހަގަކުރެއްވިއެވެ. 
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިއްދޫގެ ރައްޔިތުން އެޑިއުކޭޝަން މިނިސްޓްރީގެ ޓީމަށް ހޫނު މަރްހަބާއެއް ކިޔައިފި
4 މިނެޓް ކުރިން
ނާކާގެ ގަވަރނިންގ ކައުންސިލް ރާއްޖޭގައި ފަށައިފި
54 މިނެޓް ކުރިން
ކަޅު ސައި ބުއިމުން އެތައް ފައިދާއެއް ލިބޭ
1 ގަޑި ކުރިން
ނަޝީދު ސަރުކާރުގެ ތަރުޖަމާނަކާއި އިތުރު ފަސް މީހަކު ހޯދަން ފަށައިފި
1 ގަޑި ކުރިން
ސަރުކާރުން އީޔޫއާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވަން ނިންމައިފި
1 ގަޑި ކުރިން
ފުވައްމުލަކު ގެއަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައެއްތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި
1 ގަޑި ކުރިން
ބަޖެޓް ދިނުމުން ސިޓީ ކައުންސިލުންވަނީ މާލޭހިޔާ ފްލެޓްތައް ބެލެހެއްޓުމުގައި އިހުމާލުވެފައި: ރައީސް
12 ގަޑި ކުރިން
ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށްޓަކައި ށ. މިލަންދޫގެ ރައްޔިތުންތިބީ ތައްޔާރަށް: އަހުމަދު އިމްރާން
22 ގަޑި ކުރިން
"ހެސަ ވާދަ" މުބާރާތުގައި އާންމުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
20 ގަޑި ކުރިން
ކޯކް ނުބޯންވީ ކީއްވެގެންކަން އެނގޭތަ؟
4 ގަޑި ކުރިން
ނަޝީދު ވިދާޅުވާ ގޮތަށް އިންޑިއާއިން އަމަލް ނުކުރާނެ- ސަފީރު އަހްމަދު
11 ގަޑި ކުރިން
"ޒަމާނާއި އެއްގޮތަށް ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން އަބަދުވެސް މަސައްކަތް ކުރޭ"
18 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ