ވޯޓު ނުލެވޭ ގޮތް އީސީ އިން ކުރިމަތިކުރުވާނެ: އަބްދުﷲ ޝާހިދު

މިއަހަރުގެ ރިޔާސީ އިންތިހާބު އޮންނަ ދުވަހު އެމީހަކު ހުރި ތަނަކަށް ވޯޓު ނުލެވޭ ގޮތް ހެދުމަށް ހުރަސްތައް ކުރިމަތިކުރުވަމުން ގެންދާނެ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އިލެކްޝަންސް ކޮމިޝަނަށް ކުރައްވައިފިއެވެ.
އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެއްމެ އިސްކަމެއްދޭ އެއްކަމެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޖްލިސް މެމްބަރުން މިއަދު ދޮރުން ދޮރަށް ފެށްޓެވި ރީ ރަޖިސްޓްރޭޝަންގެ ހަރާކާތް ފަށްޓަވަމުން ޝާހިދު ވިދާޅުވީ ވޯޓްލާ ދުވަހު އެމީހާ ހުރިތަނަކަށް ވޯޓު ނުލެވޭ ގޮތަށް މިހާރު މި އޮތް އިލެކްޝަންސް ކޮމިޝަނުން އެކިއެކި ހުރަސްތައްކުރިމަތިކުރަމުންގެންދާނެކަމަށެވެ. އަދި ވިދާޅުވީ އެއީ ގާނޫނާ ހިލާފަށް ކަންތައްތައް ކުރަމުންގެންދާ ކޮމިޝަނެއް ކަމަށް ވެސް ޝާހިދު ވިިއެވެ.
"ވޯޓްލާން ޖެހޭ ދުވަހު އެމީހާ ހުރިތަނަކަށް ވޯޓު ނުލެވޭ ގޮތަށް މިހާރު މި އޮތް އިލެކްޝަންސް ކޮމިޝަނުން އެކިއެކި ހުރަސްތައް ދިމާކުރަމުން ގެންދާނެ. އެއީ މި އިލެކްޝަންސް ކޮމިޝަނަކީ ގާނޫނާއި ހިލާފަށް ކަންތައްތައް ކުރަމުން ގެންދާ ކޮމިޝަނެއް" މިއަދުގެ ހަރަކާތް ފެށުމުގެ ގޮތުން އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި ރީ ރެޖިސްޓްރޭޝަނަކީ އިންތިހާބު ކާމިޔާބު ކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ފިޔަވަޅެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގައި ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާގޮތުން ގިނަ އަދަދެއްގެ މީހުން ދިރިއުޅެންޖެހިފައިވަނީ އަމިއްލަ ރަށްނޫން މާލޭ ފަދަ ކޮންމެވެސް އެހެންރަށެއްގައި ކަމަށެވެ.
"ރާއްޖޭގެ ދިރިއުޅުން ހަމަޖެހިފައި އޮންނަ ގޮތުން ވަރަށް ގިނަ އަދަދެއްގެ މީހުންނަށް މި ތިބެން ޖެހެނީ އެ މީހުން ދިރިއުޅޭ ރަށްނޫން އެހެން ރަށަކަށް، އެއީ މާލެ ކަމުގައި ވިޔަސް އެހެން ތަންތަނަށް ވިޔަސް ހިޖުރަކޮށްގެން އެ ތަންތަނުގައި ދިރިއުޅުމުގެ ކަންތައްތައް އާބާދީ ކުރަންޖެހިފަ." އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ