އދ.މާމިގިލީ ގެއަކުން ވަގަށް ނަގާފައިވާ ކަރަންޓު ސާމާނުތަކެއް ހޯދައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އދ.މާމިގިލީ ގެއަކުން ވަގަށް ނަގާފައިވާ ކަރަންޓު ސާމާނުތަކެއް ހޯދައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށ ގެންގޮސްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އދ.މާމިގިލި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން 2016 މެއި 14 ވަނަ ދުވަހުގެ 19:45 ހާއިރު ކޯޓުއަމުރެއްގެ ދަށުންނެވެ.
ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓް ސާމާނުތަކުގެ ތެރެއިން ސާރކިއުލާރސޯ އާއި ކަރަންޓް ބުރުމާއަކާއި ކަރަންޓް ރޮންދާ ފެނިފައިވަނީ އެހެން މީހަކަށް އެތަކެތި ވިއްކާލާފައިވަނިކޮށެވެ. އަދި ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ކަރަންޓް ކީސް ފެނިފައިވަނީ މާމިގިލި ފަޅު ގޯއްޗެއްގެ ތެރެއިންކަމަށް ފުލުހުން ބުނެއެވެ..
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހައަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. އަދި މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ.މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މި މައްސަލަ އދ.މާމިގިލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ