އަންނަ އަހަރު މަޖީދިއްޔާ ސްކޫލް މަރާމާތުކުރައްވަން ތައްޔާރުވަނީ

އަންނަ އަހަރު މަޖީދިއްޔާ ސްކޫލް މަރާމާތުކުރައްވަން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާޢީލް ޢަލީ ވިދާޅުވީ މަޖީދިއްޔާ ސްކޫލްގައި މިހާރު ކުރިޔަށްގެންދާ ފޭސްގެ މަސައްކަތް ނިމުމުން 2 ވަނަ ފޭސް އާއި 3 ވަނަ ފޭސްގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
މަޖީދިއްޔާ ސްކޫލްގެ އެނެކްސް ބައި ހިމެނޭ ޢިމާރާތް ތަޅާލެއްވުމަށްފަހު އެތާނގައި އައު ޢިމާރާތެއް ބިނާކުރެއްވުމަށްޓަކައި ކޮންޓްރެކްޓަރަކު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޑިޔުކޭޝާން މިނިސްޓްރީން ވިދާޅުވެއެވެ.
މި ސްކޫލްގެ ޢިމާރާތަކީ ދުވަސްވީ އާސާރީ ތަންތަން އެކުލެވޭ ޢިމާރާތެކެވެ. އެގޮތުން މަޖީދިއްޔާގެ ދާރުލްޢުލޫމް ހޯލަކީ އާސާރީ ހޯލެއްގެ ގޮތުގައި ބެލެވެމުން އަންނަ ތަނެކެވެ.
އަދި މަޖީދިއްޔާ ސްކޫލްގެ ކުރިބޯށި އިމާރާތްކީވެސް ގިނަދުވަސްވީ އާސާރީ ތަނެއްގެ ގޮތުގައި ބައްލަވަމުން ގެންދަވާ ތަނެކެވެ.
އެތަނުގެ އެޑިޒައިނަށް ބަދަލުގެނައުމަކާނުލާ ކުލާސްރޫމްތަކެއް އެޅުއްވުމުގެ ވިސްނެވުން ގެންގުޅުއްވާ ކަމަށާއި އެހެންނަމަވެސް މިއީ ދެތިން ހަތަރު އަހަރެއްގެ ޕްލޭނެއް ކަމަށް އިބްރާހީމް ޢިސްމާޢީލް ޢަލީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ