"ކަލެއަކީ އިސްތިޢުފާ ދިނުމަށްފަހު އެއީ ބަޣާވާތަކަށް އަދި ޒިޔައްޓޭ އަކީ އަންހެނަކަށް ބަދަލުކުރި މީހާ" ކަމަށް ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ޢުމަރު ނަޞީރު މިމޭރުމުން ވިދާޅުވުފައި އުމަރު ނަޞީރު ވިދާޅުވެފައިވާ ބަސްފުޅެއް "އަނބުރުއްވައި" ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަރޑް މުޙައްމަ ނާޒިމު ވަގުތުން މިނިވަން ކުރުމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
ކާނަލް ނާޒިމްގެ ޝަރީއަތް ސްޕްރީމް ކޯޓުގައި މިހާރު ވަނީ ފަށައިފައެވެ. އެ ޝަރީއަތް ވީހައި އަވަހަކަށް ނިންމުމަށް ސަރުކާރަށް ކުރެއްވެން އޮތް ހުރިހައި ކަންކަން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މައްސަލައިގެ ތެރެއަށް އިދިކޮޅު ފަރާތްތައް ވަނުމަކީ ނާޒިމަށް ތާއީދު ކުރާ ގިނަ ބައަކު އެދޭ ކަމެއް ނޫނެވެ. ނާޒިމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅަކު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މައްސަލައިގެ ތެރެއަށް ވަނުމަށް އެކި ޒާތުގެ މެސެޖުތައް ކުރަނީ ކާނަލް ނާޒިމް މިނިވަންވެވަޑައިގަތުމަށް ނުއެދޭތީ ކަމަށެވެ.
ކަލެއަކީ އިސްތިޢުފާ ބަޣާވާތަކަށް، ޒިޔައްޓޭ އަންހެނަކަށް ބަދަލުކުރި މީހާ: އުމަރު ނަޞީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ