އިސްރާއީލުން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފިއެވެ.
އުމުރުން 22 އަހަރުގެ މުހަންމަދު އަލައުނީގެ ގަޔަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖެހީ ހުޅަނގު އައްސޭރީގެ ޖެނީން އަވަށުގައެވެ. އިސްރާއީލު ސިފައިން ފަލަސްތީނު މީހުން ހައްޔަރު ކުރަން އާންމު އުސޫލުން ޖެނީންއަށް ވަދެގަތުމުން، ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ. އިސްރާއީލު ސިފައިން ބަޑިޖެހީ މިކުރިމަތިލުންތަކުގެ ތެރޭގައެވެ.
އިސްރާއީލު ސިފައިން ޖެހި ބަޑީގެ ވަޒަން އެރީ މުހަންމަދު އަލައުނީގެ މެޔަށެވެ. އޭނާ ޝަހީދުވީ ޖެނީންގެ ހޮސްޕިޓަލަށް ގެންދިޔަތަނާއެވެ.
މި ހާދިސާއަށްފަހު އިސްރާއީލު ސިފައިންވަނީ މުހަންމަދު އާތިޤް ނަމަކަށްކިޔާ ޒުވާނަކު ހައްޔަރު ކޮށްފައެވެ.
ޖެނީން އަވަށަށް ވަދެގަތުމުން ފަލަސްތީނުގެ އާންމުންވަނީ އިސްރާއީލު ސިފައިންނާ ދިމާއަށް ގާއުކާފައެވެ. ރައްދުގައި އިސްރާއީލު ސިފައިންވަނީ ކަރުނަގޭސް ޖަހައި، ބަޑިވެސް ޖަހާފައެވެ.
އިސްރާއީލުން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ