ޔާމީންގެ ރީސެޓު ޖަލްސާއަށް ކަރަންޓު ނުދީ ހުރަސްތަކެއް!

މިރޭ ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް)އިން "ރީސެޓް"ގެ ނަމުގައި ބާއްވަން ތައްޔާރުވަމުން އަންނަ ޖަލްސާއަށް ކަރަންޓު ދޭން ސަރުކާރުގެ ކުންފުނި، ސްޓެލްކޯއިން ދެކޮޅު ހަދާކަމަށް ބުނެ, އެ ޕާޓީން އަމިއްލައަށް ޖަނަރޭޓަރެއް ބަހައްޓައިފިއެވެ.ޖަލްސާއަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ސަރަހައްދުގެ ކަރަންޓު ކޭބަލްއަކަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނެ ސްޓެލްކޯއިން ވަނީ މިރޭ އޮންނަ ޖަލްސާއަށް ކަރަންޓު ނުދެވޭނެ ކަމަށް ބުނެފަ އެވެ.ޖަލްސާއަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ސަރަހައްދުގެ ކަރަންޓު ކޭބަލްއަކަށް މައްސަލައެއް ދިމާވެފައިވާ ކަމަށް ބުނެ ސްޓެލްކޯއިން ވަނީ މިރޭ އޮންނަ ޖަލްސާއަށް ކަރަންޓު ނުދެވޭނެ ކަމަށް ބުނެފަ އެވެ.ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ރޭ އާޓިފިޝަލް ބީޗުގައި ހުންނަވައި މީޑިއާއާ ވާހަަކަ ދައްކަވަމުން އޭނާ ތުހުމަތުކުރެއްވީ ޖަލްސާގެ ކަންކަމަށް ވަކިން ކަރަންޓު ނުދީ، ބީޗަށް ކަރަންޓު ދޭން ހުރި ކޭބަލްތައް ނެގީ ރާވައިގެން ކަމަށެވެ."މިއީ ޕީއެންއެފުން ބާއްވާ ޖަލްސާއަށް ސީދާ ދިމާކޮށް އެ ކަމަށް ހުރަސްއަޅަން ކުރާ ކަމެއްގެ ގޮތުގައި ދެކެން،" މަލީހް ވިދާޅުވި އެވެ.ޕީއެންއެފް އުފެއްދުމަށް ބާއްވާ ޖަލްސާ އޮތް ރޭ ވެސް ތަނުން ކަރަންޓު ކެނޑުމުން ރާޅުގަނޑު ސަރަހައްދަށް ގޮސް ޖަލްސާ ބާއްވަން ޖެހުނުކަން އިޝާރާތްކުރައްވައި މަލީހު ވިދާޅުވީ އެތައް ހުރަހެއް ކުރިމަތިކުރުމުން ވެސް އެ ޕާޓީއަކީ 'މަގުމަތިން' އުފެއްދި ޕާޓީއެއް ކަމަށެވެ.މިރޭ ޕީއެންއެފްގެ ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާއިރު، އެ ހަރަކާތުގައި ސިޔާސީ އެތައް ފާޑުކިޔުމެއް ސަރުކާރަށް އަމާޒުވާނެ ކަމަށް ބެލެވެއެވެ. އެއީ، މި ހަރަކާތަކީ ސަރުކާރުން ކުރާ ނޭދެވޭ ކަންކަން "ރީސެޓް" ކުރުމަށް ކަމަށް ބުނެ، ބާއްވާ ހަރަކާތަކަށްވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ