އެއްގަމު މަގުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުންގެންދާ އޮޕަރޭޝަން ފުޅާކުރަން ނިންމާފައިވާކަން އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފި އެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގައި މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންގައި އިތުރު ސިފައިން ބައިވެރިވާނެ ކަމަށެވެ. އަދި މިއީ އިސްރާއީލުގެ ރައްޔިތުންނާ އަމާންކަމާ އެކީ ދިރިއުޅެވޭނެ މަގުފަހި ކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް ވެސް އެގައުމުގެ އަސްކަރިއްޔާއިން ހާމަކުރެ އެވެ.
ރެޑް ކްރޮސްގެ އެދުމަށް 3 ގަޑިއިރަށް ހަމަލާތަށް ބަދަލުކުރަން ހަމާސް އިން ނިންމުން
އިންސާނީ އެހީ ދިނުމަށް ހަމަލާތައް ހުއްޓާލުމަށް ރެޑްކްރޮސް އިން އެދުމުން ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ އެ އެދުމަށް އިޖާބަދީ 3 ގަޑިއިރަށް ހަމަލާތަށް ބަދަލުކުރުން ހުއްޓާލާފަ އެވެ.
ރެޑްކްރޮސްއިން ބުނެފައިވަނީ ޝަހީދުވެފައިވާ މީހުންނާއި ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ހަމަލާ ބަދަލު ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.
ރެޑް ކްރޮސްގެ އެދުމަށް ހަމާސް އިން އިޖާބަ ދިން އިރު އިސްރާއީލުން ވެސް ވަނީ ހަމަލާ ދިނުން ހުއްޓާލާފައިވާ ކަމަށް ބުނެފައެވެ.
ޣައްޒާގެ ޝަޖިއްޔާ އަވަށް އިސްރާއީލުން ބިމާ ހަމަކޮށްލުން
ޣައްޒާގެ ޝަޖިއްޔާ އަވަށަކީ މިހާރު އިސްރާއީލުގެ ސިފައިންނާއި ހަމާސް ޖަމާއަތުގެ މުޖާހިދުންގެ ދެމެދުގައި އެންމެ ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުންދާ އަވަށެވެ. ރެއިން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންދާއިރު މި ހަމަލާތަކުގައި މިހާތަނަށް އެ އަވަށުގެ 100 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތަށް ބުނެ އެވެ. އަދި އެ އަވަށުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބަޔަކު އެ އަވަށް ދޫކޮށް އެހެން ހިސާބުތަކަށް ދާންފަށާފައިވާ ކަމަށް ވެސް ރިޕޯޓުތަށް ބުނެ އެވެ. އެގޮތުން 1000 އަށް ވުރެ ގިނަ މީހުން ވަނީ އެސަރަހައްދު ދޫކޮށް މިހާރު ގޮސްފައިވާ ކަމަށް ރިޕޯޓުތަށް ބުނެ އެވެ.
"ޝަޖިއްޔާ ހިންގަމުން ދަނީ ގަތުލު އާންމެއް، ދުނިޔޭގެ އެންމެ ކުރިމަތީގައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލު އާންމުގައި ޝަހީދުވި މީހުންގެ ހަށިތަކުން މަގުތައް ވަނީ ފުރިފައި،" ޝަޖިއްޔާ އަވަށުގެ މީހަކު ބުންޏެވެ.
ޝަޖިއްޔާ ބިމާ ހަމަކޮށްފައިވާއިރު ހަމަލާދެމުންދާތީ އެމްބިއުލާންސް ތަކަށް ވެސް ނުވަދެވެ އެވެ. އޭގެ ސަބަބުން ޝަޖިއްޔާގެ މަގުތަށް ވަނީ ޝަހީދުވެފައިވާ މީހުންގެ ހަށިތަކުން ފުރިފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އިސްރާއީލުން ދަނީ ޝަޖިއްޔާގައި ބޮޑު ގަތުލުއާއްމެއް ހިންގުމަށްފަހު އެކަން ދިފާއުކޮށް ވާހަކދައްކަމުންނެވެ. އެގޮތުން އެ އަވަށަކީ ހަމާސްއިން ރޮކެޓް ފޮނުވުމަށް ބޭނުންކުރާ އަވަށެއް ކަމަށް އިސްރާއީލުން ވަނީ ހާމަކޮށްފަ އެވެ. އަދި މީގެ ދެ ދުވަސް ކުރިން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެސަރަހައްދު ދޫކޮށް ދިއުމަށް މެސެޖްތަކެއް ވާނީ ފޮނުވާފއި ކަމަށާއި އެއީ އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތަށްޓަކާ ކަމަށް ވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެ އެވެ.
ހަނގުރާމައަށް 13 ދުވަސް، ޝަހީދުވި ޣައްޒާގެ ރައްޔިތުންގެ އަދަދު 400 އަށް
މިއަދަކީ މިއީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާތަށް ދޭން ފެށިތާ 13 ވަނަ ދުވަހެވެ. މެދުކެނޑުމެއް ނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަަމަލާތަކުގައި މިހާތަނަށް ވަނީ ޣައްޒާގެ 410 އަށް އަރާފަ އެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި އެކިވަރުގެ އަނިޔާތަށް ލިބުނު މީހުންގެ އަދަދު މިހާރު ވަނީ 3500 އަށް އަރާފަ އެވެ. ހަމާސް ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށް ހަމަލާދޭ ކަމަށް އިސްރާއީލުން ބުނި ނަމަވެސް އިސްރާއީލުގެ ހަމަލާތަކުގައި ގިނައިން މަރުވެފައިވަނީ ކުށެއް ނެތް އާއްމު ރައްޔިތުންކަން ފާހަގަކޮށްލަންޖެހެ އެވެ.
އަރަބި ލީޑަރުން ކުޅި ބަލަން
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް މެދުކެނޑުމެއް ނެތި ހަމަލާތަށްދީ އެތަށް ބަޔަކު ޝަހީދުކޮށްލާފައިވާއިރު މިކަމާ މެދު ޔަހޫދީ ލީޑަރަކު އެއްޗެެކޭ ނުބުނުމުން އެކަމާ ބަޔަކު ހައިރާނެއް ނުވާނެ އެވެ. ނަމަވެސް މިކަމާ މެދު އަރަބި ލީޑަރުން ބަހެއް ނުބުނެ "ހަނު" ތިބޭ ތިބުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.
އަޑުއިވޭ ވާހަކައަކީ "އަޑިންއަޑިން" އިސްރާއީލާއި ގުޅިގެން ޣައްޒާއަށް ހަމަލާތަށް ދިނުމަށް މީގެތެރެއިން ވެސް ބައެއް ލީޑަރުން ފައިސާތަށް ވެސް ހަރަދުކޮށްލަން ތައްޔާރަށް ތިބިކަމުގެ ވާހަކަ އެވެ.
މުސްލިމުންގެ އެންމެ މާތް އެއް މުގައްދިސް ބިނާ ކަމަށްވާ މަސްޖިދުލް އަގްސާ ހުރީ ފަލަސްތީނުގަ އެވެ. އެތަނަށް އިސްރާއީލުން ވެރިވަގަނެގެން ތިބިއިރު ވެސް އަރަބި ލީޑަރުން މަންޒަރު ބަަލަން ތިބި ފަދައިން ޣައްޒާގެ ކުށެއް ނެތް އެތަށް ރައްޔިތުންތަކެއް ޝަހީދު މުންދާއިރު ވެސް މިދަންނަވާ އަރަބި ލީޑަރުން މަންޒަރު ބަލަން ތިބިކަމީ އެއީ ކޮންމެ މުސްލިމަކު ވެސް އެކަމާ ދެރަވެ ހިތާމަކުރަންޖެހޭނެކަމެކެވެ.
އަރަބި ލީޑަރުންނަށް ﷲ ސުބްހާނަހޫ ވަތައާލާ ހެޔޮ ވިސްނުން ދެއްވާ ފަލަސްތީނުގެ ޣައްޒާގައި އަނިޔާލިބެމުންދާ މުސްލިމުން އަޙުންނާއި އުހުތުންނަށް ނަސްރުދެއްވާ ޔަހޫދީން ބޮޑު ބައްޔަކުން ބަލިކުރައްވާންދޭވެ. އާމީން!
އިސްރާއީލުގެ އަސްކަރިއްޔާއިން އޮޕަރޭޝަން ފުޅާކުރަނީ، ޣައްޒާގެ ރައްޔިތުން ގޮތް ހުސްވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ