ކުޅޭ ޗަރުކޭހަކުން ތަރައްޤީއެއް ނުހުއްޓުވޭނެ – އެމްޕީ އަބްދުﷲ އަހްމަދު

ކުޅޭ ޗަރުކޭހަކުން ތަރައްޤީއެއް ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.
މެންބަރު އަބްދުﷲ އަހްމަދު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވާ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދައްކަވާ ޗަރުކޭހަކުން ތަރައްޤީ ނުހުއްޓުވޭނެ ކަމަށެވެ.
މެންބަރު އަބްދުﷲ އަހްމަދުގެ ޓްވީޓްގައި ރައީސް ޔާމީންގެ ވެރިކަމުގައި ހިންގަވާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ މައުލޫމާތު ދީފައިވާ ކުރު ވީޑިއޯއެއް ވެސް ހިމަނުއްވާފައި ވެއެވެ. އެވީޑިއޯ ގައި ދައްކާ ގޮތުގައި ބިން ހިއްކުމުގެ 11 މަޝްރޫޢު އަކަށް 1.42 ބިލިއަން ރުފިޔާ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ހޭދަ ކުރައްވާފައެވެ.
މީގެ އިތުރުން ބަނދަރު ހެދުމުގެ 76 މަޝްރޫޢު އަކަށް 2.65 ބިލިއަން ރުފިޔާ ރައީސް ޔާމީންގެ ވެރިކަމުގައި ޚަރަދު ކުރައްވާފައި ވާއިރު މަގު ހެދުމުގެ 20 މަޝްރޫޢު އަކަށް 1.18 ބިލިއަން ރުފިޔާ ރައީސް ޔާމީންގެ ވެރިކަމުގައި ޚަރަދު ކުރައްވާފައި ވާކަމަށް މެންބަރު އަބްދުﷲ އަހްމަދުގެ ޓްވީޓްގައި ހިމަނުއްވާފައިވާ ވީޑިއޯގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ