"ބާޣީ" އެކޭ ގޮވުމުން ރީނދޫ ސުޕްރޭކޮށްފި

މަގުންމަތީގައި ތިބި ދެ އަންހެނަކާ ދިމާލަށް ބާޣީއޭ ގޮވިމީހެއްގެ ހެނދުން ބޭލުމަށް ފަހު އޭމީހާގެ މުޅި ގަޔަށް ބަޔަކު ރީނދޫ ސުޕްރޭ ޖަހައިފި އެވެ.
އެ ހާދިސާގައި ޔެލޯ ސުޕްރޭ ޖަހާފައި ވަނީ މިދިޔަ ހަފްތާގައި ރައީސް ނަޝީދު ހިއުމަން ރައިޓްކޮމިޝަނަށް ހާޒިރުވެވަޑައިގެންނެވި ދުވަހު، އެ ސަރަހައްދަށް އެއްވި އެމްޑީޕީގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ މީހެއްގެ ގަޔަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ކިޔައިދެމުން އެ ސަރަހައްދުގައި އޭރު ހުރި މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، އެމީހާގެ ގަޔަށް ބަޔަކު ޔެލޯ ސުޕްރޭ ޖެހީ އެ ދުވަހު އެ ސަރަހައްދުން ދިޔަ ދެ އަންހެނަކާ ދިމާލަށް ބާޣީއޭ ގޮވުމުން ރައްދުގައި "ބާޣީއަކަށް ވީތީ ފަހުރުވެރިމަވޭ" އެއަތަނުން އެއް އަންހެނަކު ބުނި ކަމަށެވެ. އަދި އެ ވަގުތު އެމީހާ ހިތްހަމަނުޖެހިގެން ގޮސް، އެހެން ބުނި އަންހެން މީހާގެ އަގަމަތީގައި ވަރަށް ބާރަށް ޖަހައި އެމީހާގެ އަނގަމަތި ފަޅާލީ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެއިން މައްސަލައެއްް ފުލުހުންނަކަށް ހުށަހަޅާފައެއް ނުވެ އެވެ.
ސަން އަށް މައުލޫމާތު ދިން މީހާ ބުނީ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެ ދެ އަންހެނުންނާ ގުޅުން ހުރި ބަޔަކު ބާޣީއޭ ގޮވި މީހާ ހޯދުމަށް ފަހު، މާފަންނު ކޮޅުގައި ހުންނަ ގަރާޖަކަށް ގެންދިޔަ ކަމަށާއި އެއައަށް ފަހު އެމީހާ ލައިގެން ހުރި ގަމީހާއި ފަޓުލޫނު ބޭލުވުމަށް ފަހު، އެމީހާގެ މުޅި ގަޔަށް ރީދޫ ސުޕްރޭ ކުރުމަށް ފަހު، އެމީހާ ހިންގާފައި ގެންގޮސް އެމްޑީޕީގެ ހަރުގެ އަށް ދޫކޮށްލީ ކަމަށް ވެސް އެކަންތައްތައް ހިންގައިދިޔަ ގޮތް ކިޔައިދިން މީހާ ބުންޏެވެ.
އެ ދުވަހުގެ އެ ހާދިސާއަށް ފަހު އެމީހާ ވަނީ ބައެއް ޓީވީ ސްޓޭޝަންތަކަށް އެކަންތައްތައް ހިނގައި ދިޔަ ގޮތް ކިޔައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ