މާލޭގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިއްޖެއެވެ.
މާލެއަށް ކަރަންޓް ދެމުންދާ ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓް ކެނޑުނީ މާލެއަށް ކަރަންޓް ދޭން ބޭނުން ކުރާ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަަންނަ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ނަމަވެސް ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކުރަން ކިހާ އިރެއް ނަގާނެ ކަމެއް ސްޓެލްކޯ އިން އަދި ނުބުނެއެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ