ރަނގަޅު މާކްސް ހޯދުމުން ދަށް ފަންތީގެ ސްކޫލް ކުއްޖެއްގެ ގައިގަ ތަޅާ އަނިޔާ ކޮށްފި

ރަނގަޅު މާކްސް ހޯދުމުގެ ސަބަބުން ދަށް ފަންތީގެ ސްކޫލް ކުއްޖެއްގެ ގައިގަ ތަޅާ އަނިޔާ ކޮށްފިއެވެ.
އިންޑިއާގައި ހިނގާދިޔަ މި ހާދިސާގައި އެ ގައުމުގެ ޕޮލިހުން ވަނީ ދެ ދަރިވަރެއް ހިފަހައްޓާ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
އުމުރުން 16 އަހަރުގެ މި ކުއްޖާ އަށް ކްލާސް ރޫމު ތެރޭގައި އަނިޔާކޮށް ބޭރު ކޮށްލާ ވިޑިއޯއެއް ވައިރަލް ވެގެން އުޅޭއިރު، މި ވީޑިއޯތަށް ހުއްޓުވުމަށް އިންޑިއާގެ ބައެއް ޗެނަލް ތަކަށް މިހާރު ވަނީ ސިޓީ ވެސް ފޮނުވާފައެވެ.
މި ކުއްޖާ ބުނި ގޮތުގައި މި ގޮތަށް ކޮންމެ ދުވަހަކު އަނިޔާ ކުރާތާ ދެ އަހަރު ވެދާނެ ކަމަށެވެ. ފުލުހުން ބުނީ ވީޑިއޯ ބަލައި ތަހުގީގު ކުރުމަށް ފަހު އެންމެ އެދެވޭ އަދަބު ދީފައިވާ ކަމަށެވެ.
މި ވީޑިއޯ އިން ފެންނަނީ ކުއްޖާގެ ގައިގަ އަތުންނާއި ކޮޅުފައިން ތަޅާތަނެވެ. އަދި މި ކުއްޖާ ކިޔަވަމުން ދިޔައީ ސަރުކާރުގެ ސްކޫލެއްގައި ކަން ފާހަގަ ކޮށްލެވެއެވެ.
"ކުއްޖާ އަށް ފުދޭ ވަރަކަށް ގިނަ އިރުވަންދެން އަނިޔާ ކުރި، އަހަރެމެން އެ ވީޑިއޯ ބެލިން، އެ ވީޑިއޯ ކޮށްފައި ވަނީ އަނިޔާކުރި ތަނުން އެކަކު،" މައްސަލަ ބެލި ފުލުސް މީހާ ބުންޏެވެ.
އިންޑިއާގައި އެންމެ ދަށު ފަންތީގެ މީހުންނަށް އެންމެ ކުރީންސުރެ ސްކޫލުގައި ކިޔެވުމުގެ ފުރުސަތެއް ނޯވެއެވެ. އޭގެ ބަދަލުގައި ކުރަން ޖެހޭނީ ވަރަށް ދަށު ދަރަޖައިގެ ހަޑި މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ