ޔުނިޓީ ކަޕް: ސިއްހީ މަރުކަޒު ޓީމު އަތުން ސްކޫލް ޓީމް މޮޅުވެއްޖެ

ހއ. އުތީމު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޔުނިޓީ ކަޕްގައި އުތީމު ސިއްހީ މަރުކަޒާ ވާދަކޮށް، އުތީމު ސްކޫލް މޮޅުވެއްޖެއެވެ.
އިއްޔެ ހަވީރު އުތީމު ދަނޑުގައި ކުޅުނު މެޗުން އުތީމު ސްކޫލަށް ނިސްބަތްވާ ޓީމު މޮޅުވެފައިވަނީ 4-2 ލަނޑުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އުތީމު ސިއްހީ މަރުކަޒަށް ނިސްބަތްވާ ޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިއްހީ މަރުކަޒު ޓީމުގެ ޖާޒީ ނަންބަރު 7، އަބްްދުލް ކަރީމް އާދަމް އެވެ.
ގްރޫޕް ސްޓޭޖްގައި އުތީމު ސްކޫލް ޓީމް ދެ މެޗު ކުޅެފައިވާއިރު، މިމެޗަކީ ސިއްހީ މަރުކަޒު ޓީމު ފުރަތަމަ މެޗެވެ. އުތީމް ސްކޫލް ޓީމް ކުޅުނު ފުރަތަމަ މެޗުގައި މެޖިސްޓްރޭޓް ކޯޓު އަތުން ބަލިވެފައެވެ.
މިމުބާރާތުގައި ޖުމްލަ ހަ ޓީމެއް އެކުވެލޭއިރު، އެ ހަ ޓީމް ދެ ގްރޫޕަކަށް ވަނީ ބަހާލައިފައެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރަނީ ކޮންމެ ގްރޫޕެއްގެ ވެސް އެންމެ މޮޅު ދެ ޓީމެވެ.
މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ވާދަކުރަނީ އުތީމުގައި ހިމެނޭ ސަރުކާރުގެ ހަ މުއައްސަސާއިންނެވެ. އެއީ އުތީމު ސްކޫލާއި، އުތީމު މެޖިސްޓްރޭޓް ކޯޓާއި، އުތީމު ކައުންސުލާއި، އުތީމު ސިއްހީ މަރުކަޒުގެ އިތުރުން ބޮޑު ތަކުރުފާނު މަރުކަޒެވެ. މިމުބާރާތް ކޮންމެ އަހަރެއްގެ 15 ވަނަ ދުވަހު ބާއްވާ ގޮތަށް އުތީމު ކައުންސިލުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ