ހުޅުމާލޭގައި ހުންނަ ވީބީ ފިހާރަކައިރީ ހުރި ގެއެއްގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާން ފުލުހުންގެ މަސައްކަތުން ނިއްވާލައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ވީބީ ފިހާރަކައިރީ ހުރި ގެއެއްގެ ދެވަނަ ފަންގިފިލާގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:45 ހާއިރު ކަމަށެވެ.
“މިމަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު ހުޅުމާލެ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން އެވަގުތު ޑިއުޓީގައި އުޅުނު ހަތަރު ފުލުހަކުވަނީ އެސަރަޙަދަށް ގޮސް އެގޭގައި ދިރިއުޅެމުންދާ މީހުން އިމާރާތުން ބޭރަށް ނެރެ، އެގޭގައި ހުރި އަލިފާން ނިއްވާ ވަސީލަތްތައް ބޭނުންކޮށްގެން ރޯވެފައިވާ އަލިފާން ގަނޑު ނިއްވާލާފައި” ފުލުހުން ބުނެ އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އެގޭގައި އަލިފާން ރޯވުމުގެ ސަބަބުން ބަދިގޭގެ ހިފާ ގެންގުޅޭ ބައެއް ތަކެއްޗަށާއި ބަދިގެއަށް ގެއްލުންވެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އަލިފާން ރޯވި މިގެއަކީ ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ގެއެއް ކަމަށާއި މި ހާދިސާ ހުޅުމާލެ ޕޮލިސް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުން ކަމަށެވެ.
ހުޅުމާލޭގައި ޗައިނާ ރައްޔިތުން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ