ޑިމޮކްރަސީ އެއްފަރާތް ކޮށްފައިވެސް ކުށުގެ މާހައުލު ނައްތާލެވިދާނެ - އުމަރު

ޑިމޮކްރަސީގެ ނިޒާމު އެއްފަރާތް ކުރުމަށް ފަހުގައިވެސް، ރާއްޖޭގައި މި އޮތް ކުށް ކުރުމުގެ މާހައުލު ނައްތާލެވިދާނެ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުުވީ، ޑިމޮކްރަސީގެ ނިޒާމަކީ ރައްޔިތުންނަށް ފަރުދީ މިނިވަންކަމާއި އަސާސީ ހައްޤުތައް ކަށަވަރުކޮށްދޭ ނިޒާމެއް ކަމާށާއި، ރާއްޖެއަށް ޑިމޮކްރަސީގެ ފޮނި މީރުކަން ލިބިފައިވާ ިރު، އޭގެ ނުބައި ފަރާތެއްވެސް ވާ ކަމަށެވެ.
"އެއީ ހަމައެކަނި ފޮނި މީުކަމެއްގެ ގޮތުގައެއް ނޫން. އޭގެ ނުބައި ސައިޑެްވސް އަޅުގަނޑުމެންނާ ދިމާލަށް އައި. އޭގެ ސަބަބުން ނިކުމެގެން އުޅޭ ކުށްކުރުމުގެ ކަންތައްގަޑެއް މިވަގުތު ފެންނަމުން މި ދަނީ،" ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، ޤާނޫނުތަކަށް ބޯލަނބާ އެންމެންނަށް، ޑިމޮކްރަސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްދުތަކުގެ ފައިދާ ލިބެމުންދާ ކަމަށާއި، ނަމަވެސް އެންމެންނަކީ ޤާނޫނުތަކަށް ބޯލަނބާ މީހުންނަށް ނުވާ ކަމަށެވެ.
"އެންމެންނަކީ ޤާާނޫނުަަކަށް ބޯލަނބާ މީހުންނަށް ނުވާތީ، ކުށްކުރާ މީހުން ނާޖާއިޒު ފައިދާ ނަގައިގެން ކުށްކުރުމުގެ މާހައުލެއް ޤާއިމުކުރޭ،" އުމަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ، ކުށްކުރުމުގެ މާހައުލު ނައްތާލުމަށްޓަކައި ޑިމޮކްރަސީގެ ނިޒާމު އެއްކޮށް އެއްފަރާތް ކޮށްލުމުގެ އިޚްތިޔާރު ސަރުކާރަށް މިހާރުވެސް ލިބިގެންވާ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އެގޮތަށް އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ.
"ސަރުކާރުގެ ފަރާތުން މަސައްކަތް ކުރަނީ ޑިމޮކްރަސީގެ ނިޒާމު ފުނޑުފުނޑުކޮށް ލޮޅުން އަރުވާނުލައި ކުށް ކުރާ ކުށް ކުރާ މާހައުލެއް ބަދަލެއް ގެނައުމަށް. އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ ޑިމޮކްރަސީ އެއްކޮށް އެއްކައިރި ކޮށްފައި ކުށްކުރުމުގެ ނިޒާމު އެއްކޮށް ހުއްޓުވާލަން. އެކަމަކު އެހެން އަޅުގަނޑުމެން ހަދަން ގަސްދެއް ނުކުރަން. ޑިމޮކްރަޓިކް ނިޒާމާއި، ފަރުދީ މިނިވަންކަމާއި އަސާސީ ހައްޤުތައް ރައްކާތެރި ކުރުމާއި އެކުގައި އަޅުގަނޑުމެން ބޭނުންވަނީ ކުށްކުރުމުގެ މާހައުލު ބަދަލުކުރަން. އެއީ އުނދަގޫވެގެން އުޅޭ ކަމަކީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރާއްޖޭގައި މިހާރު ފެންނމުންދާ ކުށްކުރުމުގެ ވެއްޓަކީ، މިހާރުގެ ޑިމޮކްރެޓިކް ޤައުމުތަކުގައި މީގެ ކުރިން ފެނިފަައިވާ މަންޒަރުތައް ކަމަށާއި، އިންޑިޔާއާއި ދެކުނު އެފްރިކާ ފަދަ ޤައުމުތައްވެސް މި މަރުހަލާ ކަޑައްތުކުރަން ޖެހުނު ކަމަށެވެ.
އަދި ރާއްޖޭގެ ކުށުގެ ވެށި މިހާރު އޮތް ގޮތާއި މެދު ބޮޑެތި ފާޑުކިޔުންތައް އަމާޒުވާ ކަމަށާއި، މަގުމަތިން މީހެއްގެ ފުރާނަ ދުއްވާލާ ކޮންމެ ފަހަރަކުވެސް ސަރުކާރުން ހިތާމަ ކުރާާ ކަމަށެވެ.
"މީހެއްގެ ފުރާނަ މަގުމަތިން ދުއްވާލެވޭ ކޮންމެ ވަގުތެއްގައިވެސް އަޅުގަނޑުމެން ނުހަނު ހިތާމަކުރަން. އެކަމަކު އަސާސީ ހައްޤުތަކާއި ފަރުދީ މިނިވަންކަމުގައި އަތްނާޅައި، އަމާންކަން ޤާއިމުކުރެވޭތޯ މިދަނީ މަސައްކަތް ކުރަމުން،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ