ސްނެޕްޗެޓްގައި ހިމެނޭ ކަހަލަ ސްޓިކާތަކެއް އިންސްޓަގްރާމަށް، ލޮކޭޝަން ގަޑި އަދި މޫސުން ސްޓިކާ ހިމެނޭ

ސްނެޕްޗެޓްގައި ހިމެނޭކަހަލަ ގިނަ ސްޓިކާ ތަކެއް އިންސްޓަގްރާމްގައި ހިމަނައިފި އެވެ. އަލަށް ތައާރަފްކުރި ސްޓިކާ ތަކުގެ ތެރޭގައި ލޮކޭޝަން، ގަޑި، މޫސުން ސްޓިކާ ހިމެނެ އެވެ.
އިންސްޓަގްރާމްގައި ސްޓިކާތައް ހިމަނާފައިވާއިރު އިންސްޓަގްރާމްގެ މައި ކުންފުނި ފޭސްބުކްގެ މެސެންޖާގައިވެސް ސްނެޕްޗެޓްގައި ހިމެނޭފަދަ ބައެއް ފީޗާތައް އެއްމެ ފަހުގެ އަޕްޑޭޓްގައި ހިމަނާފައި ވެ އެވެ.
އިންސްޓަގްރާމްގެ މި ބަދަލުތަކާއިއެކު އިތުރު ބަދަލެއްވެސް އިންސްޓަގްރާމްއިން އިއްޔެ ވަނީ ތައާރަފްކޮށްފަ އެވެ. އެއީ ފާއިތުވި 24 ގަޑިއިރުގެ އަޕްޑޭޓްސް އާއި އޯޑިއެންސް ޑީޓެއިލްސް ޑައުންލޯޑް ކުރެވޭ ގޮތް ހެދުމެވެ. މި ފީޗާއަކީވެސް ސްނެޕްޗެޓުން ބޭނުން ކުރަމުން އަންނަ ފީޗާ އެކެވެ. މީގެ އިތުރުން އިންސްޓަގްރާމްގެ ސްޓޯރީސް ފީޗާގައި ހިމެނޭ ފޮޓޯއަށް ގިނަ ޓެކްސްޓްތަކެއް ލެވޭގޮތަށްވެސް މިހާރުވަނީ ހަދާފަ އެވެ. މި ހިދުމަތްތައް އިންސްޓަގްރާމް އެޕްލިކޭޝަން އަޕްގްރޭޑް ކޮށްލުމުން ލިބޭނެކަމުގައި އިންސްޓަގްރާމުން ބުނެފައި ވެ އެވެ.
އިންސްޓަގްރާމްގެ ސްޓޯރީސް ފީޗާގެ ތެރެއިން ސްޓިކާ ފީޗާ ތައާރަފްކޮށްފައިވާއިރު އިންސްޓަގްރާމް ސްޓޯރީސް ލޯންޗްކުރިތާ ދެ މަސް ތެރޭގައި 100 މިލިއަން މީހުން މި ފީޗާ ބޭނުންކުރަމުން އަންނަ ކަމަށް އިންސްޓަގްރާމުން ބުނެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ