އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާގައި އަނިޔާވި ދެ ފުލުހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ޑިއުޓީގައި އުޅެނިކޮށް ރޭ އަނިޔާވި އަދި މިހާރު ބޭރުގައި ފަރުވާ ހޯދަމުންދާ ދެ ފުލުހުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.
ރޭގެ މުޒާހަރާގައި އަނިޔާވި ދެ ފުލުހުން މިހާރު ވަނީ ލަންކާ އިތުރަށް ފަރުވާ ދިނުމަށް ފޮނުވާލާފައެވެ. ދެ ފުލުހުންގެ ހާލުވެސް ސީރިއަސް ކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
ރޭ އަނިޔާވި ދެ ފުލުހުންގެ ތެރެއިން ފުލުހަކަށް މުޒާހަރާގެ ބައިވެރިން އަނިޔާކުރާ ވީޑިޔޯއެއް އާންމުވެފައިވާއިރު، އެ ވީޑިޔޯއިން ފެންނަ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.
ރޭގެ މުޒާހަރާގައި ގިނަ އާންމުންނަށާއި ނޫސްވެރިންނަށްވެސް އަނިޔާވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ރޭ އަނިޔާވި ދެ ފުލުހުންނަށް އަވަސް ޝިފާއަކަށް އެދެން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ