ވިލާއިން ދައްކަންޖެހޭ 100 މިލިއަން ރުފިޔާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަނީ

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމާނާގެ ގޮތުގައިވާ 100 މިލިޔަން ޑޮލަރު 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގި މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމުގެ މަސައްކަތް ސިވިލް ކޯޓުން ފަށައިފިއެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، މިހާރު އޮންނަ އުސޫލުގެ ދަށުން މި މައްސަލަ ކޯޓުން ބޭރުން ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ޝަރީއަތަށް އެ މައްސަލަ ފޮނުވާނީ ކޯޓުން ބޭރުން އެ މައްސަލަ ހައްލު ނުވެއްޖެނަމަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ވިލާއިން ސިވިލް ކޯޓަށް ހުށައެޅީ މި މަހުގެ 12 ވަނަ ދުވަހުގައެވެ.
ވިލާ ގްރޫޕްގެ ކުންފުނިތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ޑޮލަރު ދައުލަތަށް ލިބެން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ނަމަވެސް ގާސިމް ގެންދަވަނީ އެމަނިކުފާނު ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ވިދާޅުވަމުންނެވެ.
ސެޓްލްމަންޓް އެގްރީމަންޓްތަކުގެ ދަށުން ދޫކޮށްފައިވާ 3 ރަށާއި 3 ފަޅު ގާސިމް އަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުން ބާތިލް ކޮށް އެތަންތަން ސަރުކާރަށް ނަގައިފިކަން ޓޫރިޒަމް މިނިސްޓްރީއިން އިޢުލާން ކޮށްފައި ވަނީ 2015 ފެބްރުއަރީ ފަސްވަނަ ދުވަހުއެވެ.
ސަރުކާރަށް ނަގަން ނިންމާފައި ވަނީ، ވިލާއަށް ދީފައިވާ ތިން ފަޅުރަށް ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާއާއި، ތިން ފަޅު ކަމުގައިވާ ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަޅާއި ކ. ވާވެއްދިއްފަޅެވެ.
ސަރުކާރަށް ނަގަން ނިންމާފައި ވަނީ، ވިލާއަށް ދީފައިވާ ތިން ފަޅުރަށް ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާއާއި، ތިން ފަޅު ކަމުގައިވާ ކ. މާދިއްގަރުފަޅާއި ކ. ބޮލިދުއްފަރުފަޅާއި ކ. ވާވެއްދިއްފަޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ