ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުޙަންމަދު ޖަމީލް އަޙްމަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވިއެވެ. އަދި ތަޢުލީމީ ދާއިރާގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމާ ގުޅޭގޮތުން އެބޭފުޅުންގެ ޚިޔާލުފުޅު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހޯއްދެވި އެވެ.
ތައުލީމީ ދާއިރާގެ ރަނގަޅު ކުރަން މަސައްކަތްކުރާ ފަރާތްތަކާ ނައިބު ރައީސް ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ