ސްކޫލަކުން ވަގަށް ނަގާފައިވާ ކޮމްޕިއުޓަ ސިސްޓަމެއް ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ނ. ވެލިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލެއްގައި މިމަހުގެ ދެވަނަ ދުވަހު ފުލުހުން ހައްޔަރު ކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ވެލިދޫ ނަހުޒާ ޕްރީ ސްކޫލުން ވަގަށް ނަގާފައިވާ ކޮމްޕިއުޓަ ސިސްޓަމްގެ މައުސް ފިޔަވާ އެހެނިހެން ތަކެތި ހޯދާފައިވަނީ ވެލިދޫ ގެއެއްގެ ގުދަނެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށްކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ބުނެ އެވެ.
ސުކޫލަކުން ވަގަށް ނެގި ކޮމްޕިއުޓަރެއް ހޯދާ މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ