އިންޓަ ސްކޫލް ނެޓްބޯލް: ބުރާސްފަތި ދުވަހުގެ ރެެއާއި އިއްޔެ ކުޅެން ހަމަޖެހުނު މެޗުތައް ކެންސެލްކޮށްފި

ނެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި ބުރާސްފަތި ދުވަހުގެރެ އާއި އިއްޔެ ކުޅެން ހަމަޖެހިފައިވާ މެޗުތައް ކެންސަލް ކޮށްލައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައި އޮތީ 16 އަހަރުން ދަށުގެ އުމުރު ފުރައިގެ ހިރިޔާ ސްކޫލާއި ޣިޔާސިއްދީން ސްކޫލެވެ. ދެވަނަ މެޗުގައި ބައްދަލު ކުރަން ހަމަޖެހިފައި އޮތީ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލާއި ޖަމާލުއްދީނެވެ. މި މެޗުތައް ކުރިއަށް ނުގެންދެވުނީ މެޗުގެ އަމްޕަޔަރެއް ހާޒިރު ނުވުމުންނެވެ.
މުބާރާތުގައި އިއްޔެ ފަސް މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، އެ ހުރިހާ މެޗެއް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ. 12 އަހަރުން ދަށުގައި އިއްޔެ ހެނދުނު ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލް ކުޅެން ހަމަޖެހިފައިވާ މެޗު ކެންސަލްވެފައިވާ އިރު، މުހިއްޔިއްދީން ސްކޫލާއި ތާޖުއްދީން ސްކޫލުގެ މެޗުވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
އިއްޔެ ހަވީރު 16 އަހަރުން ދަށުގައި ކުޅެން ހަމަޖެހުނު އަމީނިއްޔާ ސްކޫލާއި އަހުމަދިއްޔާ ސްކޫލު ބައްދަލުކުރަން ހަމަޖެހުނު މެޗު ކެންސަލްކުރި އިރު، ގާޒީ ސްކޫލާއި ހިރިޔާ ސްކޫލް ބައްދަލުކުރަން ހަމަޖެހުނު މެޗުވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި 18 އަހަރުން ދަށުގައި ރޭ ކުޅެން ހަމަޖެހުނު ސީއެޗްއެސްސީ އާއި އަހުމަދިއްޔާ ކުޅެން ހަމަޖެހިފައިވާ މެޗު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
މި މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ސްކޫލުތަކުގެ އޮފިޝަލުންނާއި އެސޯސިއޭޝަނުގެ ބޭފުޅުންނާއި ދެމެދު ބަހުގެ ހަމަލާތަކެއް ރައްދު ކުރެވިފަ އެވެ. އަދި، އެސޯސިއޭޝަނުގެ ފަރާތުން އިސްބޭފުޅުން ޖަވާބުދާރީ ނުވާކަމަށް ބުނެ، ގިނަ އަދަދެއްގެ ބެލެނިވެރިން ވެސް ވަނީ، މި މައްސަލައިގައި ހިތްހަމަ ނުޖެހުން ފާޅުކޮށް، ޝަކުވާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ