އަންނަ ހަފްތާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގެ ބޮޑު ބަޔަަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށާއި އުތުރުން ފެށިގެން މެދުރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދު ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނެފައިވަނީ މާދަމާ އުޑުމަތި ކޮންމެވެސް ވަރަކަށް ސާފުވި ނަމަވެސް ގިނަ ވަގުތު ބަނަކޮށް ހުރެ ވިއްސާރަވުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ދެކުނު ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް މެޓު އޮފީހުން ބުނެފައި ވެއެެވެ.
ވައިޖެހޭނީ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވެއެވެ.
ރާއްޖޭގެ ދެކުނު ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާކަމަށް ވެސް މެޓު އޮފީހުން މައުލޫމާތު ދެއެވެ.
ޖެހިގެން އަންނަ ހޯމަ އާއި އަންގާރަ އަދި ބުދަ ދުވަހުގައިވެސް އެކި ސަރަހައްދުކަށް ވިއްސާރަވުން އެކަށީގެންވާ ކަމަށާއި މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތި ދުވަހުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ