އެންއައިސީއަށް ގާސިމް އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޅ. ނައިފަރު، ނިކަގަސްދޮށުގޭ، ގާސިމް އަަބުދުލްކަރީމް އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ރުހުންދީފި އެވެ.
ގާސިމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާޅުމުގައި އިސްދައުރެއް އަދާކުރެއްވި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރެވެ.
އެ މައްސަލައިގެ ސަބަބުން، ވިސްލް ބްލޯވިން އުސޫލާ ހިލާފަށް ބޭންކުގެ ކަސްޓަމަރެއްގެ މައުލޫމާތު ހާމަކުރުމުގެ ކުށުގައި ގާސިމް، އަށް މަހާއި 12 ދުވަހަށް ޖަލަށްލި އެވެ. ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ދޫކޮށްލާފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ