ފައްތިޔާތައް ނަގަން އަންގާ މައްސަލަ ހައްލުކޮށްދޭނަން: ރައީސް

މާލޭގެ ފަޅުތެރެއިން އެހެން ޖާގައެއް ހަމަނުޖައްސާ ދޭތެރެ ދޭތެރެއިން ފައްތިޔާ ނަގަން އަންގާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް އޮފީހުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު"ގައި ތ. މަޑިފުށީ، ތަރިވިދާގޭ، އަހްމަދު އިބްރާހީމް، މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާދޯނިތައް ނަގަން އަންގާތީ، އެކަމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ދެންނެވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.
ރައީސް ވިދާޅުވީ ފަޅުތެރެއިން އެހެން ޖާގައެއް، އެހެން ދިމާލަކުން ހަމަނުޖައްސާ ދޭތެރެ ދޭތެރެއިން ނިކުންނަން ޖެހި، އެ ދިމާވާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލާ މަޝްވަރާކޮށް އެ ކަންބޮޑުވުން ހައްލުކޮށް، ފަޅުތެރޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތެއް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާލުވި އެވެ.
އެހެންތަނަކަށް ބަދަލުވާނަމަ އެކަން ކުރިއަށްދާނީ މަޝްވަރާތަކާއެކު ކަމަށް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ