ކިނބިދޫ ދާއިރާގެ ޕްރައިމަރީ އެ ދާއިރާގެ މިހާރުގެ މެންބަރު ނާޝިޒް ކާމިޔާބުކޮށްފި

މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ކިނބިދޫ ދާއިރާ ތަމްސީލު ކުރައްވާ އެ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް އެ ދާއިރާގެ ޓިކެޓް ޔަގީންކޮށްފިއެވެ.
މިއަދު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ކިބިދޫ ދާއިރާއަށް ވޯޓުލުމުގެ ހައްގު 471 މީހަކަށް ލިބިފައިވާއިރު މި އިންތިހާބުގައި 351 ފަރާތަކުން ވަނީ ވޯޓުލާފައެވެ.
މި އިންތިހާބު ނާޝިޒް ކާމިޔާބުކުރެއްވީ ޖުމްލަ 258 ވޯޓު ލިބިގެންނެވެ.
- ކިބިދޫ - 35 ވޯޓު
- ހިރިލަންދޫ - 73 ވޯޓު
- ކަނޑޫދޫ - 36
- ވަންދޫ - 43
- އޮމަދޫ - 16
- މާލެ - 55
މީގެ އިތުރުން މި އިންތިހާބުގައި ނާޝިޒް އާއި ވާދަކުރެއްވި ހުސައިން ޝަރީފް އަށް 63 ވޯޓު ލިބުނު އިރު މުހައްމަދު އައިމަން އަށް ލިބިފައިވަނީ 30 ވޯޓެވެ.
މިއަދު ބޭއްވި އިންތިހާބު ނާޝިޒް ކާމިޔާބުކޮށްފައިވާއިރު، މި އިންތިހާބުގައި ވާދަކުރެއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި ނާޝިޒްގެ އަނބިކަބަލުން ރޮޒައިނާ އާދަމް އަށްވަނީ ނާކާމިޔާބީ އާއި ކުރިމަތިވެފައެވެ. ފޭދޫ އުތުރު ދާއިރާއަށް ވާދަކުރެއްވި ރޮޒައިނާއަށް މި އިންތިހާބުގައި 221 ވޯޓު ލިބުނު އިރު އިންތިހާބު ކާމިޔާބު ކުރި އަހްމަދު ޝަރީފް (ޑުންގާ) އަށް ލިބިފައިވަނީ 251 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ