ކެލާދާއިރާގެ ޝަރީފްއަށާއި، ކެޔޮދޫ ދާއިރާގެ މެންބަރު ޤާސިމަށް ވެސް ޓިކެޓް ނުލިބުނު

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް މޯލްޑިވިއަން
ޑިމޮކްރެޓް ޕާޓީ އެމްޑީޕީން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް މިއަދު އެޕާޓީން
ބޭއްވި ޕްރައިމަރީގައި ވާދަކޮށް މިހާރުގެ ކެލާ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފާއި،
ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ޤާސިމަށް ނާކާމިޔާބީ އާއި ކުރިމަތިލާން
ޖެހިއްޖެއެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ޝަރީފަށް
ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެންނެވީ ޕްރައިމަރީގައި މުޅިން އަލަށް ވާދަކުރެއްވި
އަޙްމަދު އިޤުބާލާއި ވާދަކޮށްގެނެވެ. ވަގުތީ ނަތީޖާދައްކާ ގޮތުން  އިޤުބާލަށް 125 ވޯޓު ލިބިވަޑައިގެންފައިވާއިރު ޝަރީފަށް
ލިބިވަޑައިގަތީ 122 ވޯޓެވެ.
ވ.ކެޔޮދޫ ދާއިރާގެ ޕްރައިމަރީއަށް ބަލާއިރު
މިހާރުގެ މެމްބަރ ހުސައިން ޤާސިމާއި ވާދަކުރައްވާފައިވަނީ  މުހައްމަދު ނިއުޝާދެވެ. ޕްރައިމަރީގެ ވަގުތީ
ނަތީޖާއަށް ބަލާއިރު  ނިއުޝާދަށް 113 ވޯޓު ލިބިވަޑައި
ގެންނެވިއިރު ޤާސިމަށް ލިބިވަޑައިގަތީ 106 ވޯޓެވެ.
Advertisement
މިވަގުތު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު
ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ކެލާ ދާއިރާގެ މެމްބަރ އިބްރާޙިމް ޝަރީފް
ބޮޑަށް ފާހަގަ ކުރެވެނީ މިހާރުގެ ސަރުކާރާއި ދެކޮޅަށް މަޖިލިހުގައި އެންމެ ބޮޑަށް
އަޑު އުފުއްލަވާ ފާޑުވިދާޅުވާ އެއް މެމްބަރުގެ ގޮތުގައެވެ.
މީގެ އިތުރުން މަޖިލިހުގައި އެމްޑީޕީން ކުރާ
އިޙްތިޖާޖުތަކުގެ އެންމެ އިސް ސަފުގައި މިސަރުކާރާއި ދެކޮޅަށް ނުކުންނަވާ އެއް
މެމްބަރަކީވެސް މިއަދުގެ ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓް ނުލިބުނު ކެލާ ދާއިރާގެ
މެމްބަރ ޝަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ