މިނިވަންކަމަށް 59 އަހަރުފުރޭ އިޙްތިފާލާއި ގުޅުވައިގެން ސްކައުޓް ފެއަރ ކުރިއަށް ދަނީ!

މިނިވަންކަމަށް 59 އަހަރުފުރޭ އިޙްތިފާލާއި ގުޅުވައިގެން ސްކައުޓް އެސޯސިއޭޝަނުން ފަން ފެއަރ އެއް އިންތިޒާމުކޮށްގެން ކުރިއަށް އެބަ ގެންދެއެވެ. މާލޭ މަޖީދިއްޔާ ސްކޫލުގައި މިއަދި 0400 ޖެހިއިރު ފެށުނު މިފެއަރ ހޮނިހިރު ދުވަހު ހަވީރު 1800 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.
މިފެއަރއަކީ ސްކައުޓް އެސޯސިއޭޝަނާއި މާލޭގެ 9 ސްކައުޓް ގުރޫޕެއް ގުޅިގެން ބާއްވާ ފެއަރއެކެވެ. މިފެއަރގައި ތަފާތު ޢުމުރު ފުރާތަކަށް ޚާއްޞަ ޙަރަކާތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބިގެންދާއިރު، ވަނުމުގެ ފީއަކީ، 20 ރުފިޔާއެވެ. މިފެއަރ ގައި ސްކައުޓުންނަށް ޚާއްސަ ހަރަކާތްތަކާއި އަދި ތަފާތު އިތުރު ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ގިނަ ދުވަސްތަކަކަށްފަހު ސްކައުޓް އެސޯސިއޭޝަނުން މިފަދަ ފެއަރ އެއް އިންތިޒާމުކޮށްފައިވާއިރު، ފެއަރއަށް ވީހާވެސް ގިނަ އެހާރާއި މިހާރުގެ ސްކައުޓުން ޒިޔާރަތް ކުރެއްވުމަކީ އެ އެސޯސިއޭޝަންގެ ވަރަށް ބޮޑު އެދުމެއްކަމަށް، ސްކައުޓް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ