ރައީސްގެ ފަހުގެ މެސެޖު، މަޖިލީސް ހޯދާ ދިނުމަށް އެހީތެރިވެ ދެއްވާ، ނަތީޖާ ނެރެ ދައްކާނަން

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓުން އިންތިހާބުކޮށް ދިނުމަށް އެހީތެރިވެ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ކޮންގްރެސްގެ ކެމްޕެއިން ނިންމާލުމަށް މިއަދު ހަވީރު އޮތް ބޮޑު ހިނގާލުން ނިންމާލުމުގެ ގޮތުން އާޓިފިޝަލް ބީޗު ސަރަހައްދު ގައި ވާހަކަ ދައްކަވަމުންނެވެ. އެތައް ސަތޭކަ ބަޔަކާ އެކު ކުރިއަށް ގެންދިޔަ ހިނގާލުމުގައި ރައީސް ވަނީ ކޮންގްރެސް މެންބަރުން ހިމެނޭ މަޖިލީހަކުން ނަތީޖާ ނެރެ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.ތަކުރާރުކޮށް އެދިވަޑައިގަތީ މާދަމާގެ އިންތިހާބު ގައި ކޮންގްރެސްގެ ކެންޑިޑޭޓުންނާއި އެމަނިކުފާނުގެ ތާއީދު އޮތް ކެންޑިޑޭޓުން އިންތިހާބު ކޮށް ދެއްވުމަށެވެ. އަދި ޔަގީން ކަން ދެއްވީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދަވާނެ ކަމެވެ. ތަކުރާރުކޮށް ވިދާޅުވީ ރައްޔިތުން މާޔޫސްކޮށް ނުލައްވާނެ ކަމެވެ. ނަތީޖާ ނެރެ ދައްކަވާނެ ކަމެވެ."އަޅުގަނޑު ޔަގީން ކުރަން މާދަމާގެ ވޯޓަކީ އަޅުގަނޑުމެންނަށް އުންމީދުތައް ހާސިލުވާނެ ވޯޓަކަށް ވާނެ ކަން،"
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ