ރާއްޖެއަށް އާ އަހަރު އަންނަނީ މާ ފަހުންތޯ؟ މިއުޒިކް ފެސްޓިވަލް ލަސްކުރީ މޫސުން ގޯސްވެގެން ކަމަށް ބުނެ ހެދީ ދޮގު!

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ސަރުކާރުން ރޭވި “ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024” ގެ ހަރަކާތްތަކުގެ ތެރެއިން ރޭގަނޑު ބޭއްވުމަށް ނިންމާފައިވާ ހަރަކާތްތައް ފަސްކޮށްފި އެވެ.
ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދިންނަށް ވެސް މަސްހުނިކޮށް ލޭޒާ ޝޯއާއެކު، މިއުޒިކް ފެސްޓިވަލް އަދި ކުޑަކުދިންނަށް ހާއްސަ އާއިލީ ހަވީރެއް އެ ދުވަހު ބާއްވަން އޮތީ ރާވާފަ އެވެ.
ނަމަވެސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ ހިމެނޭހެން ރީނދޫ ސަމާލު ނެރެފައި ކަމަށެވެ. އެހެންވެ ރޭގަނޑުގެ ހަރަކާތްތައް ލަސްކުރަނީ ކަމަށް ވަނީ އަންގާފައެވެ. ނަމަވެސް، ދުވާލުގެ ހަރަކާތްތައް ބާއްވާފަ ރޭނގަޑަށް ވިއްސާރަ ވާނެ ކަމަކަށް އަންގާފައެއް މެޓުން ބުނެފައެއް ނުވެއެވެ. އެހެންކަމުން މިއީ މިކަމުގައި ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަމެއް ކަމަށް ވަނީ ފާހަގަ ވެފައެވެ. ދިޔަވަރަށް މައުލޫމާތު ލިބޭ ގޮތުގައި، މިޔުޒިކު ފެސްޓިވަލް އާއި ދެކޮޅަށް ބަޔަކު ތެދުވުމުން، ވަނީ ލަސްކުރަން މަޖުބޫރުވެފައެވެ. ކެންސަލް ކުރެވެން ނެތީ އެތައް ބަޔަކަށް ސަރުކާރުން މި ޝޯއަށް ފައިސާ ދީފައިވާތީއެވެ. މީގެ ތެރޭގައި ސަރުކާރާއި އަރިސް ފަރާތްތައް ހިމެނެއެވެ.
މި ފެސްޓިވަލް ފަހުން ބާއްވާނެ ތާރީހެއް ކަނޑައަޅައި އަންގާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ