އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކުރި މައްސަލާގައި ހައްޔަރު ކުރި ދިވެހި ފިރިހެން މީހާ ބަންދުން ދޫކޮށްލައިފި އެވެ. އޭނާ ފުލުސް ބަންދުން ދޫކޮށްލީ ކޯޓުން އެ ގޮތަށް އެންގުމުންނެވެ.
އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ މައްސަލައެއްގައި 37 އަހަރުގެ އެ މީހާ ހައްޔަރު ކުރީ ބުދަ ދުވަހު އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ދޫކޮށްލަން އަމުރު ކޮށްފައިވާ ކަމަށެވެ.
އޭނާ ދޫކޮށްލަން އަމުރުކުރީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް ނިންމައެވެ.
އޭނާ ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމު ކުރި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ކުޅޭ ދިވެހި މީހާ އެވެ. އޭނާ ކުރީންވެސް ހައްޔަރު ކޮށް ބަންދުގައި ގެންގުޅުނެވެ.
ބަރަހަނާ ފޮޓޯ އާންމުކުރި މީހާ ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ