ހުކުރު ދުވަހު ހެނދުނު މާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މުހިންމު މަސައްކަތްތަކެއް ކުރުމަށްޓަކައި މާލޭގެ ބައެއް ސަރަހައްދުތަކުން ހުކުރުދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެ ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން ސޯޝަލްމީޑިއާގައި ޕޯސްޓުކުރި ނޯޓިސްއެއްގައި ބުނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެސިޓީގެ މާފަންނު ހިމެނޭ ސަރަޙައްދުން ހުކުރުދުވަހުގެ ހެނދުނު 06:00 އާއި 06:30 ދެމެދު އަދި 09:00 އާއި 09:30 ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މާލޭ ސިޓީ ހިމެނޭ ސަރަހައްދުގެ ކަރަންޓު ނެޓްވޯކު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ގެންދަނީ ކުރަމުންނެވެ. މި މަސައްކަތް ކުރާ ދުވަސްތަކުގައި ކަރަންޓު ކެނޑޭނަމަ އެކުންފުނިން ކުރީބައިގައި ކަސްޓަމަރުންނަށް އެކަން އަންގައެވެ. މިގޮތުން ކަރަންޓު ކެނޑޭނެކަމަށް ބެލެވޭ ސަރަހައްދުގެ ގޭބިސީތަކަށް ސްޓެލްކޯއިން އޭގެ މަޢުލޫމާތު އެސްއެމްއެސްއެއްގެ ޒަރިއްޔާއިން ފޮނުވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ