އުރީދޫގެ ފަރާތުން މި ބޮޑު އީދަށް ހާއްސަ އޮފާތަކެއް!

މި ފަހަރުގެ ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކެއް އިއުލާނުކޮށްފި އެވެ. ބޮޑެތި ޑޭޓާ ޕެކްތަކާއި، ވެލިޔު ޝެއާ ޕެކްތަކުން ފެށިގެން މަގޭ ޕްލޭންތަކަށް ލިބޭ އިތުރު ބޯނަސްތަކާއެކު، މި އީދުގެ އޮފާތައް ފަރުމާކޮށްފައި ވަނީ ކޮންމެ މީހަކަށްވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް، އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށް ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.ބޮޑު ޢީދު އޮފާތައް1. އަވަލީ ޑޭޓާ ޕެކް – އެއް ގަޑިއިރަށް 26 ޖީބީ ޑޭޓާމި ހާއްސަ އޮފާގައި ބޮޑު އީދުގެ ފޯރިގަދަ ވަގުތުތައް، އާއިލާ އާއި ރައްޓެހިންނަށް ހިއްސާކުރުމަށް 26 ޖީބީ ޑޭޓާ 1 ގަޑިއިރަށް ނެންގެވޭނެ އެވެ. އެންމެ 20 ރުފިޔާއަށް ނެންގެވޭ މި ޕެކް، ޝޯޝަލް މީޑިއާގައި ވަގުތުން ސްޓްރީމް ކުރުމަށާއި، ފޮޓޯ އަދި ވީޑިޔޯ ޝެއާ ކުރުމަށް ބޭނުންކުރެވޭނެ އެވެ.2. ވެލިއު ޝެއާ ޕެކް - 100 ޖީބީޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 100 ޖީބީ ޕެކްތަކާއެކު، މި އޮފާގައި ގާތް މީހުންނާ ހިއްސާ ކުރެވޭ ގޮތަށް އަދި އަމިއްލަ ބޭނުމަށްވެސް މި ޕެކްތައް ލިބެން ހުންނާނެ އެވެ.ގާތް މީހުންނަށް ހިއްސާ ކުރެވޭ ޕެކްސް100 ޖީބީ 10 ދުވަހަށް - 300 ރުފިޔާ100 ޖީބީ 5 ދުވަހަށް - 200 ރުފިޔާމި ޖުމްލަ 100 ޖީބީގެ ތެރެއިން، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ލިބިގެންދާނެ އެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ 2 ޕްރީޕެއިޑް ނަންބަރަށް - ކޮންމެ މީހަކަށް 30 ޖީބީ އެވެ.އަމިއްލަ ބޭނުމަށް ނެންގެވޭ ޕެކްސް100 ޖީބީ 5 ދުވަހަށް – 150 ރުފިޔާ100 ޖީބީ 3 ދުވަހަށް – 100 ރުފިޔާ3. ޑޭޓާ ޕެކް ހަދިޔާކުރައްވައިގެން ހިލޭ ޑޭޓާޢީދުގެ ހަދިޔާއެއްގެ ގޮތުގައި ގާތް ބޭފުޅުންނަށް ޑޭޓާ ޕެކް ހަދިޔާކުރައްވައިގެން އިތުރު އިނާމުތަކެއް މި އީދުގައި ހޯދުމުގެ ފުރުސަތުވެސް އުރީދޫ އިން ވަނީ ހުޅުވައިލައިފަ އެވެ. މި ގޮތުން ހަދިޔާ ކުރާ ކޮންމެ ޑޭޓާ ޕެކަކާއި އެކު، ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.މި އޮފާ ފެށޭނީ އަޟްހާ ޢީދު ދުވަހުން ފެށިގެން، ޢީދު ނިމެންދެން ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.ފުރަތަމަ ޕެކް ފޮނުވުމުން: 1 ޖީބީ (4 ގަޑިއިރަށް)ދެވަނަ ޕެކް ފޮނުވުމުން: 10 ޖީބީ (6 ގަޑިއިރަށް)ތިންވަނަ ޕެކް ފޮނުވުުމުން: 100 ޖީބީ (4 ގަޑިއިރަށް)ހަތަރުވަނަ ޕެކް ފޮނުވުމުން: 200 ޖީބީ (4 ގަޑިއިރަށް)4. މަގޭ ޕްލޭނަށް އީދު ހަދިޔާމަގޭ ޕްލޭން އެކްޓިވޭޓް ކުރާ ފަރާތްތަކަށް ޚާއްސަ ޢީދު ހަދިޔާއެއްގެ ގޮތުގައި އިތުރު 25 ޕަސެންޓް ބޯނަސް ޑޭޓާ ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.އުރީދޫން ބުނީ އަޟްޙާ ޢީދު ފާހަގަކުރާއިރު، ކަސްޓަމަރުންނަށް ގުޅިފައި ތިބުމަށާއި، އުފާވެރިކަން ހިއްސާކުރުމާއި، ހަލުވި ސްޕީޑްގެ ޑިޖިޓަލް ޚިދުމަތްތައް ތަޖުރިބާކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.އަދި އީދު ފަދަ މުހިންމު މުނާސަބަތުތަކުގައި މިފަދަ ޚާއްސަ އޮފާތައް ކަސްޓަމަރުންނަށް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.ކަސްޓަމަރުންނަށް ސީދާ އުރީދޫ އެޕް މެދުވެރިކޮށް މި އޮފާތައް އެކްޓިވޭޓް ކޮށްލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ