އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ތެރެއިން އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ އެހީތެރިންނަށް ވެކްސިން ދޭން މިއަދު ފަށައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން ބުނީ، ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ކަމަށެވެ.
މާލެ ސަރަޙައްދުގައި އެމްއާރު ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ތަންތަނާއި ގަޑިތައް؛ ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްޙީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް. މި އުމުރު ފުރާއަށް… pic.twitter.com/bnOr0CtweZ— Health Protection Agency (@HPA_MV) June 28, 2026
މި އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 28 ޖޫން އިން 30 ޖޫން ގެ ނިޔަލަށް ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.
މި ވެކްސިންތައް މާލެ ސަރަހައްދުގައި ދެނީ ޔޫޕީއެޗްސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގައެވެ.
އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ވެކްސިންގެ ޕްރޮގްރާމެއް ފަށާފައިވާއިރު، މި މަހު ކުރީކޮޅު އިންޑިއާ އިން ރާއްޖެއަށް 20،000 ޑޯޒްގެ ހިމަބިހި ވެކްސިން ހަދިޔާކޮށްފައިވެ އެވެ.
އެމްއާރް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ